މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން މިހާރު ކުރިއަށް ގެންދާ ހަވަލި 2019 އެންޖީއޯ އެކްސްޕޯގައި ހދ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ބައިވެރިވެއްޖެ އެވެ.
މި މަހު 16 އިން 18 އަށް ދަރުބާރު ގޭގައި ކުރިއަށް ގެންދާ މިފެއާރގައި ރާއްޖޭގެ ގިނަ އަދަދެއްގެ އެންޖީއޯތައް ބައިވެރިވެފައި ވެއެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ މި މިފެއާރގައި ވޯކްޝޮޕްތަކާއި އެކު އެކި މައުލޫމާތު ދިނުމުގެ ސެޝަންތައްވެސް ކުރިއަށް ދާކަމަށެވެ.
އެގޮތުން އިޖްތިމާއީ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމާއި، ބަޖެޓް ހޯދާނެ ގޮތްތަކާއި، ދެމެހެއްޓެނިވި ތަރައްގީއަށް ކުރެވޭނެ މައްސަކަތް ތަކާއި ބެހޭގޮތުން މައުލޫމާތު ދީ މަޝްވަރާ ކޮށްފައިވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ބޮޑެތި ޖަމިއްޔާތަކާއި އިންޓަނޭޝަނަލް ޖަމިއްޔާތައް މިފެއާރގައި ބައިވެރިވެފައިވާ ކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ހދ އަތޮޅުން ހަނިމާދޫން އެކަނި ބައިވެރިވުމަކީ އެ ޖަމިއްޔާއިން ހިތާމަ ކުރާ ކަމެއް ކަމަށެވެ.
މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި އެކްޕޯއަށް ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި އަމިއްލަ ކުންފުނިތައްވެސް ވަނީ ޒިޔާރަތްކޮށްފަ އެވެ.
އޭގެތެރޭގައި އެސްޓީއޯ،ވެމްކޯ، އައިލެންޑްއޭވިއޭޝަން، އެމް.ޑަބްލިޔު.އެސް.ސީ، އެމްޕީއެލް، ފެނަކަ ކޯޕަރޭޝަން، އެމް.ޓީ.ސީ.ސީ، ބޭންކް އޮފް މޯލްޑިވްސް، ސްޓެލްކޯ، އެޗް.ޑީ.ސީ، އެމް.އެމް.ޕީ.އާރު.ސީ، ގްރީޓަރ މާލެ، އެލިސަން، އެޗް.އޯ.އެފް.ސީ، ލިކަމާ، އެލިއާ އަދި ދިރާގު ހިމެނެއެވެ.