twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސައްކަތު ބަައްދަލުވުމެއް ކަސްޓަމްސް އިން ކުރިއަށް ގެންގޮސްފި

Mar 18, 2019

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މަސައްކަތު ބަައްދަލުވުމެއް ކަސްޓަމްސްއިން ހިންގައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސްގައި ބޭއްވި މިމަސައްކަތު ބައްދަލުވުން ފަރުމާކޮށް ތައްޔާރުކުރުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކަސްޓަމްސްއިންވަނީ އޮންލައިސް ސަރވޭއެއް ހިންގާފައެވެ.

17 ބައިވެރިންނާއިއެކު ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައި، އިމްޕޯޓް / އެކްސްޕޯޓްކުރުމަށްޓަކައި ކަސްޓަމްސްގައި ރަޖިސްޓްރީ ކުރުމާއި މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުމާއި މުދަލުގެ އަގު ފާސްކޮށް ޑިކްލަރޭޝަން ޕްރޮސެސް ކުރުމުގައި އަމަލު ކުރަމުންދާ ގޮތްތަކާއި ރިސްކް މެނޭޖްމެންޓް ސިިސްޓަމް “ހިރާސް ނިޒާމް” ދަށުން މުދަލުގެ ޑިކްލަރޭޝަންތައް ޗެނަލް ވަމުންދާގޮތުގެ މައުލޫމާތު ބައިވެރިންނަށް ދީފައި ވެއެވެ. އަދި ޕޯސްޓް ކްލިއަރަންސް މަރުޙަލާގައި ކަސްޓަމްސްއިން އަމަލުކުރާގޮތްތަކާއި ހިދުމަތްހޯއްދަވާ ފަރާތްތަކަށް ތަފާސްހިސާބު ލިބޭނޭ ލުއިފަސޭހަ ގޮތްތައް ބައިވެރިންނަށް އޮޅުންފިލުވައިދެވުނެވެ.

މީގެ އިތުރުން އަދި އިމްޕޯޓް/އެކްސްޕޯޓް މުދަލާއި ގުޅިގެން ކަސްޓަމްސްއަށް ފައިސާ ދެއްކުމުގައި ހުރި ލުއިފަސޭހަތަކާއި މުދާ ބަލައިފާސްކޮށް ދޫކުުރުމުގެ މަރުޙަލާގައި މުދަލުގެ ވެރިފަރާތުން ސަމާލުކަން ދޭންޖެހޭ ކަންކަން އޮޅުންފިލުވައި

މި މަސައްކަތު ބައްދަލުވުންް ފައްޓަވައިދެއްވުމުގެ ގޮތުން ކޮމިޝަަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން ދެއްކެވި ވާހަކަފުޅުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކީ އިގްތިސާދުގެ ވަރަށް މުހިންމު ބައެއްކަމަށާ އެފަދަވިޔަފާރިތައް ކުރިއެރުމަކީ އޭގެ ސަބަބުން ރައްޔިއްތުންނަށާ ގައުމަށް ގިނަގުނަ ފައިދާކުރާނެކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މިގޮތުން ސަރުކާރުން މިސެކްޓައަށް އަމާޒުކޮށް ޙާއްސަ ސިޔާސަތުތަކެއް ކަނޑައަޅާފައިވާކަމަށާ ކަސްޓަމްސްގެ އަމާޒަކީވެސް އެފަރާތްތަކަށް ކަސްޓަމްސްގެ ދާއިރާއިން ހުރި ގޮންޖެހުންތައް ދެނެގަނެ އާންމު ވިޔަފާރިވެރިންގެ ހިޔާލާއެކު ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ހަލުވިކުރުންކަމުގައިވެސް ވިދާޅުވި އެވެ.

މިއީ “ހިދުމަތުގައި ކުރިއަށް” މިޝިއާރުގެދަށުން އަހަރުގެ ފުރަތަމަ ތިންމަސް ދުވަހަށް އަމާޒުކޮށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ 24 ލަނޑުދަނޑީގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355