twitterviber whatsapp telegramfacebookyoutube instagram
20th February 2026

ހދ ގެ ތަސައްވަރު އެކުލަވާލުމަށް އަތޮޅު ކައުންސިލުން ބޮޑު މަހާސިންތާއެއް ބާއްވަނީ

Mar 18, 2019

ހދ އަތޮޅުގެ ތަސައްވަރު އެކުލަވާލުމަށް އަތޮޅު ކައުންސިލުން ބޮޑު މަހާސިންތާއެއް ބާއްވަން ނިންމައިފި އެވެ.

ދެ ކައުންސިލް ގުޅިގެން ކުރިނބީގައި ހަދައި އެޕާޓްމަންޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ ހދ އަތޮޅުގެ ކުރިމަގު ބައްޓަންކުރާނެ ތަސައްވަރެއް އެކުލަވާލުމަށް މިމަހު މަހާސިންތާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ދައުވަތުދީގެން ބާއްވާ މި މަހާސިންތާގައި އެކުލަވާލައި ތަސައްވަރަކީ 2030 އަށް އަމާޒުކޮށްގެން އެކުލަވާލައި ތަސައްވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ ހދ ގެ ތަސައްވަރެއް އޮންނަ ޖެހޭ ކަމަށާއި އެ ތަސައްވަރުގައި ކުލަ ޖައްސާނީ ރަށްރަށުގެ ކައުންސިލުތަކުން ކަމަށެވެ. މި ތަސައްވަރުގައި 2030 އަށް ރަށްރަށަށް ބޭނުންވާ ތަރައްގީގެ ހުރިހާކަމެއް އެކުލެވިގެންދާނެކަމަށެވެ.

ތަސައްވަރު އެކުލަވާލުމުން ސަރުކާރުތަކަށް ހދ އަތޮޅުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކުރުމަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އަދި  ތަސައްވަރާ އެއްގޮތަށް މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް ބާރުއެޅޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި މަހާސިންތާ އޮންނާނީ މަހު 26-28 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355