twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޤުރުއާން މުބާރާތްތަކުގައި ވާދަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ހަނިމާދޫގައި ޕުރޮގުރާމެއް ހިންގައިފި

Mar 19, 2019

ހަނިމާދޫ ޤުރުއާން ކުލާހެއްކަމަށްވާ “ދާލާ” ކުލާހުން އިންތިޒާމުކޮށްގެން މުބާރާތްތަކުގައި ވާދާކުރާ ކުދިންނަށް އަމާޒުކޮށްގެން 2 ދުވަހުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 15 ން 16 އަށް ދާލަ ޤުރުއާން ކުލާހުގައި ކުރިއަށް ގެންދެވުނު ޕުރޮގުރާމުގައި ޖުމްލަ 20 ކުދީންވަނީ ބައިވެރިވެފައެވެ.

މި ޕްރޮގުރާމުގެ މައިގަނޑު އަމާޒަކީ ރަށުން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރުމަށް ފުރުޞަތު ނުލިބޭ ކުދިންނަށް ކުރިއަށް ހުރި އެފަދަ މުބަރާތްތަކުގައި ވާދަކުރުމަށް ބާއްވާ އޮޑިޝަންތަކުގައި ވާދަކުރުމުގެ ފުރުޞަތު ފުޅާކޮށްދިނުމެވެ. އަދި ބެލެނިވެރިން މިކަމަށް ހޭލުންތެރިކުރުވުމެވެ.

ކުދީންގެ ކިޔެވުމާއި ބޭހެ ގޮތުން ބެލެނިވެރިންނާއި ބައްދަލުކޮށް އާއްމުކޮށް ކުދީންނަށް ހެދޭ ގޯސްތަކާއި އެކަން ރަނގަޅު ކުރާނެ ގޮތްވަނީ ޕްރޮގުރާމުގައި ކިޔަވައިދިން ޝާފިއާ އަހުމަދު ވަނީ ކިޔާދީފައެވެ. އަދި ބެލެނިވެރިން މިކަމުގައި އަދާކުރަންވީ ރޯލު ޝާފިއާ ވަނީ ކިޔާދީފައެވެ.

އެގޮތުން ފުރަތަމަ ރީތި ރާގެއް ނޫންކަމަށާއި ބޭނުންވަނީ ތަޖްވީދު ހަމަތަކުގެ މަތިން ދެލިގަނޑަށް ފަރިތަވުން މުހިއްމުކަމަށް ވިދާޅުވެ ގޭގައި ދަރިފުޅާއެކު ކިޔެވުމަށް ކޮށްމެވެސް އެއްވަގުތެއް ހުސްކުރުމަކީ މުހިއްމުކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ގޭގައި ފަރިތަކޮށްގެން ޤުރުއާން ކުލާސް އައުމުން އެކުދީން ކިޔޭކުށްތަކާއި ރަނގަޅުކުރަންވީ ގޮތްބުނެދީ ކުއްޖާ އެގޮތަށް އަމަލުކުރުމުން ނަތީއްޖާ ފެނިގެންދާނެކަމަށް ވިދާލުވިއެވެ. އަދި ވަކިވަކި ކުދީންގެ ބެލެނިވެރިން ސުވާލުތަކަށް އެކުދީންގެ ކިޔެވުމާއި ގުޅޭގޮތުން އެ ބެލެނިވެރިންނާއި ވަނީ ޙިއްސާ ކޮށްފައެވެ.

މި  ހަފްތާ ބައްދުގައި ދާލަ ޤުރުއާން ކުލާހުގައި ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު ޕްރޮގުރާމުގައި ކުދީންގެ ކިޔެވުން އަޑުއަހާ އެކުދީން މައިގަނޑު ގޮތެއްގައި ކިޔޭ ކުށްފާހަގަ ކޮށް އެކަންރަނގަޅުކުރާނެ ގޮތްވަނީ ކިޔާދީފައެވެ.

ކުލާހުން މަޢުލޫމާތު ދޭގޮތުގައި މިފަދަ ޕްރޮގުރާމެއް ހިންގުމަށް ހަރަދު ތަކެއްދެއެވެ. ހިންގޭ މުއްދަތާއި ފީ އަގުބޮޑުކަމަށް ބުނެ ދައްކާ އުޒުރު ބަލައި ނުގަތުމަށް ދާލައިން ވަނީ  ޕްރޮގުރާމަށް ދިޔަ މުޅި ޙަރަދުގެ 60 އިންސައްތަ ހޭދަކޮށްފައެވެ.

އެހެންނަމަވެސް ޕްރޮގުރާމެއް ނުހިންގުމަށްވުރެ ދެދުވަހަށް ޕްރޮގުރާމެއް ހިންގުވެސް ދަރިވަރުންނަށް އޭގެ ފައިދާ ކުރާނެކަމެއްކަމުގައި ދެކެއެވެ.

ދާލާ ގުރޫޕުން އަންނަނީ ތައުލީމީގޮތުން ތަފާތު ޕްރޮގުރާމު ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ހަނިމާދޫއަށް ޤުރުއާން ބެހޭ މަރުކަޒުގެ ގޮތްޕެއް ހަނިމާދޫއަށް ގެނެވޭތޯ ތަފާތު ގޮތްގޮތަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މި އަހަރު ފެބުރުއަރީ މަހު ޔޫސީ މާސް މޯލްޑިވްސް އާއި ގުޅިގެން ހަނިމާދޫގައި ވަނީ ޔޫސީމާސް ގެ ކުލާހެއް ފަށާފައެވެ. އަދި ކުޑަކުދީން އައި ޓީ އަށް ޝައުޤުއުފެއްދުމުގެ ގޮތުން މި ޓާރމް ބައްދުގައި ޕްރޮގުރާމެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355