twitterviber whatsapp telegramfacebookyoutube instagram
1st August 2025

“އޯގާ” ކޭމްޕް ކުޅުދުއްފުށީގައި ފަށައިފި

Mar 20, 2019

އިޖުތިމާއީ އަދި ދީނީ މައްސަލަތަކުގެ ހައްލު ހޯދުމަށް ކުރިއަށްގެންދާ “އޯގާ” ކޭމްޕް ކުޅުދުއްފުށީގައި ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގައި އެރަށެއްގައި ހުރި މުވައްސަސާތަކުގެ ވެރިންނާ ބައްދަލުކޮށް އެރަށެއްގައި އިޖުތިމާއީ އަދި ދީނީ މައްސަލަތައް އުފަންވަމުން އަންނަ ގޮތާއި އެ މައްސަލަތައް އެ މުޖުތަމައުތަކުގައި އުފެދޭ ސަބަބުތައް ދެނެގަންނާނެ އެވެ.

އަދި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކޮށް ޕްލޭނެއް ތައްޔާރުކުރެވިގެންދާނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ މުވައްސަސާތަކުގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާކުރެވި ތައްޔާރުކުރާ ޕްލޭން ކަމާ ބެހޭ މުވައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ ޕްލޭންގައި ހިމެނޭ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ތަންފީޒުކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ދެ ދުވަހަށް ކުޅުދުއްފުށީގައި ކުރިއަށްގެންދާ މި ކޭމްޕްގައި ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި މި ކޭމްޕުގެ ތެރެއިން މިސްކިތުގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގުރާމެއްވެސް ކުރިއަށްގެންދެ އެވެ. މި ކޭމްފުގައި ސުވާލަށް ޖަވާބު ދިނުމުގެ ސެޝަންތަކާއި ކައުންސިލިންގ ސެޝަންތައް ކުރިއަށްދާނެ އެވެ.

މި ކޭމްޕްގައި ކުޅުދުއްފުށީގެ އިތުރުން، ހދ ތިން ރަށެއްގައި ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355