ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރި ލޯކަލް މާރުކެޓް ހުޅުވައިފި އެވެ. މާރުކޭޓް ހުޅުވައުދެއްވީ އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއް ހޯމް މިނިސްޓަރު ޝެއިހް އިމްރާނު އަބުދުﷲ އެވެ.
މާރުކޭޓް ހުޅުވައިދެއްވުމަށް ފަހު އެމަނިކުފާނު ދެއްކެވި ވާހަކަގައި ފާހަގަކުރެއްވީ މިފަދަ މަޝްރޫއުތަކުގެ ސަބަބުން މި ސަރަހައްދަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި މިމާރުކޭޓްގެ މަސައްކަތް ނިންމާލާފައިވަނީ 20 މަސްދުވަހުގެ ތެރޭގައި އެވެ.
ދިވެހި އުފެއްދުންތަކަށް ވިއްކުމަށް ހާއްސަ ކުރެވިގެން ހެދި މި މާރުކޭޓްގައި ޖުމްލަ 30 ގޮޅި ހުންނައިރު އެތަނުން 2 ގޮޅި ހާއްސަކުރެވިފައިވަނީ ވަޅޯމަސް ވިއްކުމަށްށެވެ. އޮފީސް ބަޔަކާއި ފާޙާނާވެސް މި މާރުކޭޓްގައި ގާއިމުކުރެވިފައިވެ އެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން ވާހަކަދައްކަވަމުން ޖަވާދު ވިދާޅުވީ މިތަން އިމާރާތްކޮށްފައިވަނީ ހޫނު ކުޑަވާނެ ހެން ވައި ދައުރުވާގޮތަށް ކަމަށެވެ. އަދި ގޮޅިތައް ދޫކުރުމުގެ ގަވައިދު ކައުންސިލުން އެކުލަވާލައި ގެޒެޓްގައި ޝާއިރުކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ އުންމީދުކުރަނީ މި އަންނަ ހަފްތާތެރޭގައި ގަވައިދު ގެޒެޓްކުރެވިގެންދާނެ ކަމަށާއި ގެޒެޓްކުރެވުމާއެކު ގޮޅިތައް ދޫކުރުމަށް އިއުލާންކުރެވިގެންދާނެ ކަމަށެވެ.