twitterviber whatsapp telegramfacebookyoutube instagram
9th May 2024

އަތޮޅުގެއަށް ބޮޑެތި މަރާމާތުތަކެއް ގެނެސް، ސްޓޭޓް ހައުސްގެ ނަމުގައި ހުޅުވައިފި

Mar 21, 2019

ހދ އަތޮޅުގެއަށް ބޮޑެތި މަރާމާތުތަކެއް ގެނެސް، އަތޮޅު ސްޓޭޓް ހައުސްގެ ނަމުގައި ހުޅުވައިފި އެވެ. އެކަމަށްޓަކާ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއް ސްޓޭޓް ހައުސް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބުދުﷲ އެވެ.

ވަރަށް ބޮޑު މަރާމާތަކަށް ފަހު މިތަން ހުޅުވިއިރު ތަފާތު ގެޓަގަރީގެ ރޫމްތައް އެބަހުއްޓެވެ. 16 ރޫމާއެކު ހިދުމަތަށް ތައްޔާރުވެފައިވާއިރު ރައީސުންގެ ފެންވަރުގެ ކޮޓަރިތަކާއި ވަޒީރުން ފެންވަރުގެ ކޮޓަރިތައްވެސް އެބަހުއްޓެވެ. 4.9 މިލިއަން ރުފިޔާގެ ބޮޑު މަރާމާތެއްކޮށް ނިންމާލާފައިވަނީ 88 ދުވަހުގެ ތެރޭގައި އެވެ.

ސްޓޭޓް ހައުސް ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު އިމްރާން ވިދާޅުވީ ސިޔާސީގޮތުން ބައެއް ކަހަލަ ގޮންޖެހުންތައް ހުރިކަމަށްވީނަމަވެސް މުޅި ގައުމުގެ ތަރައްގީ އާއި އިޖުތިމާއީ ކުރިއެރުން ނެރެ އެއް މިސްރާބަކަށް ގެނެސްދޭން ޖެހޭ ކަމަށެވެ.

އުންމީދުކުރަނީ ދެން މިތަންތަން ވީރާނާވެ ހަލާކުވެ ދިޔުމަށް ފުރުސަތު ނުލިބޭނެ ކަމަށާއި އެދެނީ މިތަންތަން އިތުރަށް ކުރިއަރުވާ ތަރައްގީކުރުމަށްޓަކާ އާ ވިސްނުންތައް ގެނެސް އާ ހިޔާލުތަކާއެކުގައި އެހެން ހަރުފަތަކަށް މިތަންތަން ގެންދިޔުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހދ ސްޓޭޓް ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ މިތަނުން ލިބޭ އާންމުދަނީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ ކަންތައްތައް ކުރާނެ ކަމަށެވެ. އަދި 2020 ވަނައަހަރު އެތަނުގައި ސްވިމިންގ ޕޫލެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަތޮޅު ކައުންސިލް މެމްބަރުން ތިބީ އެ މަސައްކަތް ކުރާގޮތަށް ކަމަށެވެ.

އެމްއޯޔޫއެއްގެ ދަށުން މިތަން ހިންގުމަށް ހަވާލުކުރެވިފައިވަނީ އަތޮޅު ކައުންސިލާ ކަމަށާއި އެތަނުން ލިބޭ އާމުދަނީވެސް ލިބޭނީ އަތޮޅު ކައުންސިލަށް ކަމަށެވެ. މިހާތަނަށް 12 އަތޮޅުގެ އެއް ވަނީ މަރާމާރުކޮށް ދައުލަތުގެ ގެސްޓްހައުސްގެ ގޮތުގައި ހިންގުމަށް އަތޮޅު ކައުންސިލްތަކާ ހަވާލުކުރެވިފަ އެވެ.

ހދ ސްޓޭޓް ހައުސް ހުޅުވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން–

މިއަހަރުގެ ތެރޭގައިވެސް އިތުރު އަތޮޅުގެތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355