twitterviber whatsapp telegramfacebookyoutube instagram
2nd August 2025

ނެއްލައިދޫގައި ހުރި ސަޤީފްގެ ބެނާތަކަށް ގެއްލުންދީފި

Mar 21, 2019

ނެއްލައިދޫގައި ހުރި ޘަޤީފްގެ ބެނާތަކަށް ގެއްލުންދީފި ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރާ ހުސައިން ސަޤީފް ކެމްޕެއިން ބެނާތަކަކަށް ގެއްލުންދީފި އެވެ.

ރޭގެ ވަގުތެއްްްްގައި ގެއްލުންދީފައިވަނީ އެދާއިރާގެ ނެއްލައިދޫގައި ހަރުކޮށްފައިވާ ބެނާތަކަކަށެވެ.

ސަޤީފްގެ ކެމްޕެއިންޓީމުން ބުނިގޮތުގައި ކެމްޕެއިން ކުރުމުގެ ގޮތުން ނެއްލައިދޫގައި ހަރުކޮށްފައިވާ ބެނާ އަދި ޕޯސްޓަރުތަކަށް ރޭގެ ވަގުތެއްްގައި ބަޔަކުވަނީ ގެއްލުންދީފައި ކަމަށާއި މިކަމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.

ނެއްލައިދޫގައި ހުރި ސަޤީފްގެ ޕޯސްޓަރެއް–

މިކަމާއި ގުޅޭގޮތުން ހުސައިން ސަޤީފް ވި ދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ކޮންމެ ކެނޑިޑޭޓަކަށްވެސް އޮންނަން ޖެހޭ ކަމަށާއި ޕޯސްޓަރ ވީދައި ބެނާތައް ކެނޑުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

ދާއިރާގެ ރަށްތަކަށް ހިންގާ ދޮރުން ދޮރަށް ހަރަކާތުގައި ޘަޤީފް މިހާރު ހުންނެވީ ހދ ކުރިނބީގައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355