twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ދޭން ޖެހޭނެ، އެ ނޫން ގޮތެއް ގަބޫލެއް ނުކުރާނަން: ޖަމްޝީދު

Mar 22, 2019

ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ދޭން ޖެހޭނެކަމަށާއި އެނޫން ގޮތެއް ގަބޫލު ނުކުރާނެކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖަމްޝީދުގެ ޒުވާނުންގެ ޖަގަހަ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖަމްޝީދު ވިދާޅުވީ ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށާއި މިއީ ކުރާ ދައުވާއެއް ކަމަށެވެ. މި ދައުވާ ނޭވާ ހިނގާހާ ހިނދަކު ހުއްޓާނުލާނެކަމަށްވެސް ޖަމްޝީދު ވިދާޅުވި އެވެ. އޭނާ ވަނީ އެ އިބާރާތް ތަކުރާރުވެސް ކުރައްވާފަ އެވެ.

“އަޅުގަނޑުމެން ކުރާ ދައުވާއެއް އޮވޭ. ހަނދާން ބަހައްޓާތީ.އެދައުވާއަކީ ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ދޭން ޖެހޭނެ. މިނޫން ގޮތެއް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. އިނގޭތޯ. ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ދިވެހި ސަރުކާރުން ދޭން ޖެހޭނެ. މިއީ އަޅުގަނޑުމެން ކުރާ ދައުވާއެއް. މި ދައުވާ އަޅުގަނޑުމެން ނޭވާ ހިނގާހާ ހިނދަކު ހުއްޓައެއް ނުލާނަން.” ޖަމްޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުގައި އެފަރާތްތަކުގެ ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކާ ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރާނެ ކަމަށެވެ.

” އިރާދަކުރެއްވިއްޔާ އަޅުގަނޑާ ޔާސިރާ ދެ މީހުން ތި ބޭފުޅުންނަށް މި ފުރުސަތު ހޯދައިދޭންނަން. އަދި އެއާއެކު އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. ތިބޭފުޅުންނަށް ލިބޭ ގޯތީގައި ރިވެތި ގެޔެއް އަޅައިދޭންނަން. އެ ގެޔަކީ ލުއި ފަސޭހަކަމާއެކު ތިބޭފުޅުންނަށް ލިބޭނެ ނިޒާމެއްގެ ތެރެއިން އަޅައިދޭނެ ގެޔެއްކަމުގައި ހަދައިދޭންނަށް.  މިއީ އަޅުގަނޑުމެންގެ އުންމީދު. ޖަމްޝީދު ވިދާޅުވި އެވެ.

ވަޒީފާގެ ހަމަހަމަކަމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެއް ވަޒީފާއެއްގެ ދެ ނަމެއް ކިޔައިގެން އެއް ކުންފުންޏެއްގައި ދިވެހިން މަސައްކަތް ކުރަމުންދާ ކަމަށެވް.

އޭނާ ވިދާޅުވީ އެސްޓީއޯގައި މާލޭގައި މަސައްކަތްކުރާނީ ސެކިއުރިޓީ ގާރޑުން ކަމަށްވާއިރު ކުޅުދުއްފުށީގައި މަސައްކަތްކުރާ އެސްޓީއޯ މުވައްޒަފަކީ ވޮޗަރެއް ކަމަށެވެ. ކުރަނީ އެއް މަސައްކަތެއް ކަމަށާއި ޒިންމާވެސް ހަމަހަމަ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީގައި މަސައްކަތްކުރާ މުވައްޒަފުގެ މުސާރަ ކުޑަކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

ހަމަ އެގޮތަށް އަލިފާން ނިންވާ މީހުންގެ މުސާރައިގެވެސް ތަފާތުކުރުން އޮންނަ ކަމަށާއި އެއްކަމެއް ކުރާ ބަޔަކަށްވާއިރު ކުޅުދުއްފުށީގައި މަސައްކަތްކުރާ ސިވިލް ފަޔަރ މަނުންގެ މުސާރަ ކުޑަކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ ވަޒީފާގެ ހަމަހަމަކަން ނެތުން ކަމަށާއި އެޖެންޑާ 19 އިން ވަޒީފާގައި އުޅޭ ފަރާތްތަކަށް ހިމާޔާތް ހޯދައިދީ ހަމަހަމަކަން ގެނެސްދޭނެކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

ޖަމްޝީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަކީވެސް އިންތިހާ ތަފާތުކުރުން ތެރޭގައި ވަޒީފާ އަދާކުރަން ޖެހިފައިވާ ބައެއް ކަމަށާއި ދިވެހިންނާއި ބޭރުގެ މީހުންގެ ތެރޭގައި ތަފާތުކުރުން ބޮޑު ދާއިރާއެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަދަދެއްގައި ދިވެހިން ވަޒީފާ އަދާކުރަމުންދާކަން ފާހަގަކުރައްވަމުން ޖަމްޝީދު ވިދާޅުވީ އެފަރާތްތަކުގައި ހައްގުގައި ވަކި މިންވަރަކަށްވުރެ ދަށްނުވާ މުސާރައެއް ކަނޑައެޅުމަށްޓަކާ އެޖެންޑާ 19 ގައި ލިޔެވިފައިވާ ކަމަށާއި އެޖެންޑާ 19 ގެ ތެރެއިން އެކަން ގާނޫނަކަށްވެ އެ ހައްގު ލިބިގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މިއަދުގެ އެންމެ ބޮޑު މައްސަލައަކީ ފުއްދުންތެރިކަން ނެތުން ކަމަށާއި އެ ބޭފުޅުން އަމާޒު ހިފާފައިވަނީ ރަށުގެ ރައްޔިތުންނަކީ ފުއްދުންތެރި ބަޔަކަށް ހެދުމަށް ކަމަށާޢި ވަޒީފާގެ ފުރުސަތުތައް މަތިއުތުރު ސަހަރައްދުން ހޯދައިދޭނެކަމަށްވެސް ޖަމްޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355