twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި އިތުބާރު ކުރެވޭ ސިއްހީ ނިޒާމެއް ކަށަވަރު ވެގެންދާނެ: ޔާސިރު

Mar 23, 2019

ކުޅުދުއްފުށީގައި އިތުބާރު ކުރެވޭ ސިއްހީ ނިޒާމެއް މިސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެތެރޭގައި ކަށަވަރު ކުރެވިފައިވާކަމަށް ކުޅުދުއްފުށީ އުތުރުދާއިރާ އެމްޑީޕީ ކެނޑިޑޭޓް ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި އެޖެންޑާ 19 އާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާސިޔު ވިދާޅުވީ ރަށުގެ ސިއްހީ ވާހަކަދައްކާއިރުގައި އިތުބާރު ކުރެވޭ ސިއްހީ  ނިޒާމެއް ކަށަވަރު ކުރުމަކީ އެޖެންޑާ 19 އިން ކުރާނެކަމެއްކަމަށެވެ.

އެޖެންޑާ 19 އަކީ އެމްޑީޕީން މިއިންތިހާބަށް ނިކުންނައިރު ދިވެހިރާއްޖޭ ގެ ހުރިހާ ރައްޔިތުންނަށް  ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދޭނެ ކަންތައްތަކެއް ފަރުމާކޮށްދެއްވާފައިވާ 19 ބިލެއްކަމަށް ޔާސިރު ވިދާޅުވިއެވެ. އެ ބިލުތައް ގާނޫނަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އުފަލަކީ މިބިލު ފަރުމާކުރެވިގެން ދިޔައިރު ފާޑުކިޔަން އަދި ބަސްބުނަންވެސް ފުރުސަތު ލިބިގެންދިޔަކަމަށާއި އެޖެންޑާ 19 ގައި ފަރުމާކޮށްފައިވާ ސިޔާސަތުތަކަކީ ފޮރުވިފައިވާ ހުރިކަންތައްތަކެއްނޫން ކަމަށާއި މިހާރުވެސް ފެންނަހުރިކަންކަމަށް ޔާސިރު ވިދާޅުވިއެވެ.

އަނެއްކާވެސް ފަސް އަހަރު ފަހުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ މަސައްކަތާއި ކުރިމަތި ލައިގެން ކުރިއަށް މިދަނީ އެތަކެއް ޒުވާނުންނާއި ދޮށީއުމުރުގެ ބޭފުޅުންތަކެއްގެ ކިބައިން ހިތްވަރު ހޯދައިގެން މިއަދުގެ ހާލަތު ބަދަލު ކުރަންކަމަށް ޔާސިރު ވިދާޅުވިއެވެ .

” އަޅުގަނޑުމެން ސަރުކާރުގެ ތެރެއިން ނިކުމެމިތިބީ މިއަދު އުފެދިފައިވާ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވާނެ ސަރުކާރެއްކަން ޔަގީންވާތީ. ރައްޔިތުންނަށް ބޭނުންވާ ކަންކަން މިސަރުކާރުން ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަންވަނީދީފަ ” ޔާސިރު ވިދާޅުވިއެވެ.

މިއަދު ރައްޔިތުން ވިސްނާ ވޯޓް ދޭންވީ ކުރިއަށް އޮތްފަސް އަހަރު އަޅުގަނޑުމެންގެ ރައްޔިތުންގެ ކަންބޮޑުވުންތައް މަގުތަކާއިހޮސްޕިޓަލާއި ސްކޫލުތަކުގެ ވާހަކަޔާއި އިޖްތިމާއީ ފޭރާމުގެ ވާހަކަޔާއި ގޯތިގެދޮރާއި އިގްތިސޯދުގެ ވާހަކަ މަޖިލީހާއި ސަރުކާރުގެ ތެރެއިން ވާހަކަ ދެއްކޭނެ މިސަރުކާރުގެ ކެނޑިޑޭޓެއް އިންތިހާބު ވެގެންކަމަށް ޔާސިރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355