twitterviber whatsapp telegramfacebookyoutube instagram
7th May 2024

މަންތާ އެއަރގެ ކުޅުދުއްފުށީ ޕަސެންޖަރ ސޭލްސް އޭޖެންޓަކަށް ކޭއޯ ޓްރަވެލްސް

Mar 26, 2019

މިއަހަރު އޮޕަރޭޓް ކުރަންފެށި ޑޮމެސްޓިކް އެއަރލައިންގެ އޮތޮރައިޒްޑް ޕަސެންޖަރ ސޭލްސް އޭޖެންޓަކަށް ކުޅުދުއްފުށީ އޮންލައިންގެ ދަށުން ހިންގަމުން އަންނަ “ކޭއޯ ޓްރެވަލްސް” ހަމަޖައްސައިފި އެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓާއި އިތުރު ހަތަރު އެއާލައިންގެ ޓިކެޓް މިހާރުވެސް ވިއްކަމުންދާ ކޭއޯ ޓްރެވަލްސް އިން ބުނީ މިއަދުން ފެށިގެން މަންތާ އެއާލައިންގެ ޓިކެޓް އެތަނުން ވިއްކަން ފަށާފައިވާ ކަމަށެވެ.

މަންތާ އެއަރ މިވަގުތު އަދި ދަތުރުކުރަން ހަމަޖެހިފައިވަނީ ހަމައެކަނި މާލެ – ކުޑަހުވަދޫ – މާލެ ސެކްޓާއަށް އެކަންޏެވެ. މާލެ ކުޑަހުވަދޫ ޓިކެޓެއްގެ އަގަކީ 749 ރ އާއި 1199 ރުފިޔާއާއި ދެމެދުއެވެ. ނަމަވެސް ކައިރި މުސްތަގްބަލެއްގައި އިތުރު ޑެސްޓިނޭޝަންތަކަށް ދަތުރުތައް ފަށާނެ ކަމަށް ކުރިން މަންތާއިން ވަނީ ބުނެފައެވެ.

ކަސްޓަމަރުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން މައުލޫމާތު ހޯދައި ފަސޭހައިން ޓިކެޓް ނެގޭނެ އިންތިޒާމު ކޭއޯ ޓްރަވެލްސް އިން ހަމަޖެހިފައިވެއެވެ. އެގޮތުން ކޭއޯ ޓްރެވަލްސްގެ ވައިބާ ނަމްބަރު 7998355 އަށް މެސެޖްކުރައްވައިގެން ޓިކެޓް ބައްލަވައިގަންނެވޭނެ އެވެ. އަދި ކޭއޯ ޓްރަވެލްސްގެ ފޭސްބުކް ޕޭޖުން މެސެޖް ކޮށްގެންވެސް ބުކިން ހެދިދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޕޭމަންޓް ހަދައިގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ކޭއޯ ޓްރަވެލްސް އިން ޓިކެޓް ނެގޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މޯލްޑިވިއަންގެ ޓިކެޓްވެސް ވިއްކަމުންދާ ކޭއޯ ޓްރެވަލްސްގެ އިތުރު ފޯނު ނަންބަރު ތަކަކީ 6528355 އަދި 7978355 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355