twitterviber whatsapp telegramfacebookyoutube instagram
16th August 2026

ނޮޅިވަރަމްގައި 18 އަހަރުގެ ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

Mar 23, 2019

ހދ ނޮޅިވަރަމްގައި 18 އަހަރުގެ ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ދަންޖެހިގެން މަރުވެފައިވަނީ އެރަށު ހިރިކުއްޅަގޭ މުހައްމަދު ޝަރީފެވެ. އޭނާއަކީ އެރަށު ސްކޫލުގައި ގުރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުންދާ ޒުވާނެކެވެ.

ކޭއޯއަށް މައުލޫމާތުދެމުން އެރަށުން ވާހަކަދެއްކި މީހަކު ބުނީ އެކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ކޮޓަރިގައި، ބެޑްޝީޓެއް ބޭނުންކޮށްގެން ފަންކަލުގައި ކަމަށެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ 12:30 ހާއިރު ކަމަށްވެ އެވެ.

ޝަރީފް ދަންޖެހުނުއިރު އޭނާގެ ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގެ ވާހަކަ ދަނީ ރަށުތެރޭގައި ވަރަށް ހަލުވިކަމާއެކު ދެކެވެމުން ކަމަށްވެސް އެމީހާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355