twitterviber whatsapp telegramfacebookyoutube instagram
19th April 2026

މިއަދު ހެނދުނު ރާއްޖެ ސަރަހައްދަ ކުޑަ ބިންހެލުމެއް އަތުވެއްޖެ

Mar 24, 2019

މިއަދު ހެނދުނު ރާއްޖޭގެ ދެކުނުން، އައްޑުއާ 608 ކިލޯމީޓަރު ދުރަށް ދެ ބިންހެލުން އަތުވެއްޖެ އެވެ.

ރާއްޖެގެ މެޓް އޮފީހުން ބިންހެލުމުގެ ތަފްސީލް އާންމުކޮށްފައިވާއިރު ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

pic.twitter.com/yiHI00nBrV

— Maldives Meteorology (@MetMaldives) March 24, 2019

ރާއްޖޭ ގަޑިން މިއަދު ހެނދުނު 8:37 ގައި އައީ 5.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.

މި ބިންހެލުން އައީ ބިންހެލުން އަންނަ “ކާސްލްބާގް ރިޖް” ހިމެނޭ ސަރަހައްދުން ކަނޑުގެ ބިމުން 10 ކިލޯމީޓަރު އަޑިއަށެވެ. އަދި މި ބިންހެލުމުގެ އެއް މިނެޓް ކުރިން 4.8 މެގްނިޓިއުޑްގެ ބިންހެލުމެއް ވެސް ހަމަ އެތަނަށް އައިސްފައިވެ އެވެ.

މިއީ ބާރު ދަށް ބިންހެލުމެއް ކަމަށް ވާތީ، ސުނާމީގެ އިންޒާރެއް އެއްވެސް ސަރަހައްދަކަށް ދީފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355