twitterviber whatsapp telegramfacebookyoutube instagram
2nd August 2025

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން މުބާރާތް ބެސްޓް ބަޑީއިން ސްޕޮންސަރކޮށްފި

Mar 24, 2019

ބެސްޓް ބަޑީން އިން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ 28 ވަނަ ގުރުއާން މުބާރަތް ސްޕޮންސަރކޮށްފި އެވެ.

ރ. އަތޮޅުތައުލީމީ މަރުކަޒުގެ އެކިއެކި ހަަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ބެސްޓް ބަޑީއިން މީގެ ކުރިންވެސް ގިނަ އެހީތަކެއް ވަނީ ފޯރުކޮށްދީފަ އެވެ.

މިއަހަރުގެ ގުރުއާން މުބާރާތަށް ބޭނުންވާ ހުރިހާ ޓްރޮފީތަކާއި މެޑަލްތައް ބެސްޓް ބަޑީން އެ ސްކޫލާއި ހަވާލުކޮށްފައިވާއިރު މިތަކެއްޗާއި ހަވާލުވީއެ ސްކޫލްގެ އެކްޓިވިޓީސް ކެޕްޓަން ޒީން ފިރާޤް އަލީއެވެ. މިތަކެތި ސްކޫލާ ހަވާލުކޮށްދެއްވީ ބެސްޓް ބަޑީގެ އޯނަރ އިބްރާހީމް ރަޝީދެވެ.

މިކަމަށްޓަކައި އެސްކޫލްގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ ރ. އަތޮޅު ތައުލީމީ މަރުކަޒަކީ އެ ބޭފުޅާގެ ތައުލީމީ ހަޔާތުގައި މަތީ މަޤާމުތަކެއް ފުރުއްވާފައިވާ ސްކޫލެއް ކަމަށާއި މި މަރުކަޒަށް އެހީތެރިވުމަކީ އަބަދުވެސް ލިބޭ އުފަލެއްކަމުގައެވެ. އަދި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުރިއަށް ހުރި ހަރަކާތްތަކުގައިވެސް އެހީތެރިވެދެއްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

ބެސްޓް ބަޑީން އަންނަނީ ކުޅުދުއްފުށީންގެ ސްކޫލްތަކަކަށް ވެސް ބޮޑެތި އެހީތަށް ވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355