twitterviber whatsapp telegramfacebookyoutube instagram
7th May 2024

މުޅި ރާއްޖެއަށް ކުރިއަށް އޮތް ދެމަހުގެ ނިޔަލަށް ހޫނު ގަދަވާނެ

Mar 25, 2019

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރިއަށް އޮތް ދެމަސް ދުވަހުގެ ނިޔަލަށް ހޫނު ގަދަވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިސްވަނީ ހޫނުން ރައްކާތެރިވުމަށްޓަކައި ހާއްސަ ފިޔަވަޅުތައް އެޅުމާއި ހޫނުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތައް ކުޑަކުރުމަށް ފިޔަވަޅުއެޅުމަށް އެދިފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރާގޮތުގައި ކޮންމެ އަހަރަކުވެސް އޭޕްރިލްމަހަކީ އެވަރެޖްކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ދައްކާގޮތުން ހުރިހައި ހިސާބުތަކެއްގެވެސް ހޫނުމިން އެވަރެޖްކޮށް އުޅެނީ 32ޑިގްރީއާއި، 33ޑިގްރީ ސެލްސިއަސްގައިކަމަށެވެ.

އަދި އޭޕްރިލްމަހު މިހާރަށްވުރެ އިތުރަށް ހޫނު ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ހާމަކޮށްފައެވެ. ނަމަވެސް އާދަޔާހިލާފައި ހޫނުގަދަވާ މިންވަރަށް ރާއްޖޭގެ ފިނިހޫނުމިން މައްޗައް ނުދާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށް ހޫނުގަދަ ދުވަސްތަކަކަށްވާނެތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިންވަނީ އިލްތިމާސްކުރައްވާފައެވެ. އެޗްޕީއޭއީން ބުނެފައިވަނީ ހޫނުގަދަވުމުގެ ސަބަބުން، ވަރުދެރަވުމާއި ބޮލުގައި ރިއްސައި ބޯއެންބުރުމާއި އަތްފައި ފިނިވުމާއި އަކުނިވަޔަށްދެމުންފަދަ ކަންކަން ކުރިމަތިވުމަކީ ގާތްކަމެއްކަމަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މެއިމަހުގެ މެދު ހިސާބުގައި ހުޅަނގު މޫސުން ފެށެންދެން ރާއްޖެއަށް ހޫނު ގަދަވާނެކަމަށެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355