twitterviber whatsapp telegramfacebookyoutube instagram
7th May 2024

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗުގައި ހުޅުވައިފި

Mar 25, 2019

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ޤާއިމުކުރި މެންޓަލް ހެލްތު ސެންޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ސެންޓަރ ހުޅުއްވައިދެއްވީ މިއަދު ހެނދުނު އައި.ޖީ.އެމް.އެޗްގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި މަރުކަޒަކީ ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންނަށް ރައްކާތެރި އަދި އެފަދަ މީހުންނާއި އެމީހުންގެ އާއިލާތަކުގެ އިތުބާރު ހޯދައިގެން ފަރުވާ ފޯރުކޮށްދިނުމުގެ މަގުސަދުގައި ހުޅުވި މަރުކަޒެކެވެ.

މި މަރުކަޒުގައި އައުޓްޕޭޝަންޓް، އިންޕޭޝަންޓް ހިދުމަތްތަކުގެ އިތުރުން މަލްޓިޑިސިޕްލިނަރީ އެޕްރޯޗެއް މެދުވެރިކޮށް މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ވެސް މަސައްކަތްކުރާނެއެވެ.

އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ހިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ހިދުމަތްތައް ހިމެނެއެވެ.

މިއީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ކަނޑައެޅުއްވި ވައުދު ތަކުގެ ތެރެއިން ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355