twitterviber whatsapp telegramfacebookyoutube instagram
9th May 2024

އެމްޑީޕީގެ ނައިބް ރައީސް ކަމަށް ކުރިމަތިލެއްވީ މަސްވެރިއެއްގެ ގޮތުގައިހުރެފައި ދަނޑުވެރިކަން ކުރައްވަން ނޫންކަމަށް އަސްލަމް ވިދާޅުވެއްޖެ

Apr 29, 2011

އިބްރާހިމް ހަމީދު

އެމްޑީޕީގެ ނައިބް ރައީސްކަމަށް ކުރިމަތިލެއްވީ މަސްވެރިއެއްގެ ގޮތުގައި ހުރެފައި ދަނޑުވެރިކަން ކުރައްވަން ނޫންކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕޭން ދަތުރުގެ އެންމެ ފަހުރަށް ކަމަށްވާ ކުޅުދުއްފުށީގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކޮށްލުމަށް ރޭ ތިލަދެކުނު ސިނަމާގައި ބޭއްވި ޖަލްސާގެ ކުރިން ކުޅުދުއްފުށީ އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައެވެ.

“މިހާރުވެސް މިހުރީ ސިޔާސީ މަގާމެއްގައި.ޕާޓީގެ ސަރުކާރުގެ މީހެއްގެ ގޮތުގައި، ވަޒީރެއްގެ ގޮތުގައި ހުރިއިރު ޕާޓީގެ މެމްބަރުން އިންތިހާބު ކުރާނެ ސިޔާސީ މަގާމަކަށް ދާންވެގެން.” އަސްލަމް ވިދާޅުވިއެވެ “.އަދި އަޅުގަނޑު ގަބޫލުކުރާގޮތުންޕާޓީގެ މެމްބަރުން އިންތިހާބު ކުރާ މަގާމަކަށް ދިޔައީމާ އެއީ އެހާ ތަފާތު ދެމަސައްކަތެއްނޫން.”

އަސްލަމް އިތުރަށް ވިދާޅުވީ ވަޒީރެއްގެ ގޮތުގައި ހުރެގެން މިހާރުވެސް ތަންފީޒު ކުރަމުން ގެންދަވަނީ ސަރުކާރުގެ ތެރެއިންލާފައި ސަރުކާރުގެ ސިޔާސަތުކަމަށެވެ. އަދި  ޕާޓީގެ ނައިބް ރައީސަކު ކުރައްވާނީ ސިޔާސީ ގޮތުން ފާޓީ ތަމްސީލް ކުރުމަށް ރައީސަށް އެހީތެރިވެދިނުމާއި ޕާޓީގެ ރައީސް އެދިއްޖެނަމަ ރައީސްގެ ދައުރު އަދާކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

އަސްލަމް ރޭގެ ޖަލްސާގައި ޕާޓީ ގެ މެމްބަރުންނާ މުހާތަބުކޮށް ދެއްކި ވާހަކައިގައި ޕާޓީގެ އެތެރޭގެ މިއިންތިހާބަކީ ޕާޓީގެ ހަޔާތުގައި ވަރަށް މުހިއްމު ނިންމުމެއް ނިމުމަށް ޕާޓީން ކުރަމުންދާ މަސައްކަތެއްކަމަށާއި ހޮނިހިރު ދުވަހު ނަގާ ވޯޓުން ކުރިއަށް އޮތް ފަސް އަހަރު ޕާޓީ ކުރިއަށް ގެންދިއުމުގެ މިސްރާބު އަމާޒް ކުރާނެ ފަރާތަކީ ކޮބައިކަން އަދި ޕާޓީގެ ސިޔާސީ ފިކުރު ވަކިގޮތަކަށް ގެންގުޅުމުގައި މުސްތަގްބަލް ބައްޓަންކުރަން ތިބޭނީ ކޮންބައެއްކަން ޕާޓީގެ މެމްބަރުން އެދުވަހުން ނިންމަންޖެހޭނެއެވެ.

ހޮނިހިރު ދުވަހު އެޕާޓީން ނަގަން ހަމަޖެހިފައިވާ ވޯޓުގައި އެމަނިކުފާނަށް ވޯޓްދެއްވާ ލީޑަރ ޝިޕުން އެމަނިކުފާނު ކުރިމަތިލައްވާފައިވާ ނަ އިބް ރައީސްގެ މަގާމަށް ހޮވައިދިނުމަށް ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަތެވެ.

މިބައްދަލުމުގައި ބައިވެރިވެފައިވަނީ އެމްޑީޕީގެ މަދު މެމްބަރުން ތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355