twitterviber whatsapp telegramfacebookyoutube instagram
8th May 2024

މަޖިލީސް އިންތިހާބުގައި ކުޅުދުއްފުށީގައި 9 ވޯޓްފޮށި ބެހެއްޓޭނެ: ކައުންސިލް

Mar 25, 2019

ރައްޔިތުން މަޖިލީސް އިންތިހާބުގައި ރައްޔިތުން ވޯޓްލުމަށްޓަކައި 9 ވޯޓްފޮށި ބެހެއްޓިގެންދާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކޭއޯއަށް މަޢުލޫމާތުން ދެއްވަމުން އިންތިހާބުގެ ކަންކަން ބަލަހައްޓަވާ އޮފިސަލް ވިދާޅުވީ ރައްޔިތުން މަޖިލީސް އިން އިންހާބުގައި ކުޅުދުއްފުށީގައި ރައްޔިތުން ވޯޓްލުމަށް ކުޅުދުއްފުށީގެ 7 ތަނެއްގައި 9 ވޯޓްފޮށި ބެހެއްޓޭނެކަމަށާއި އެއީ ދެކުނުދާއިރާގައި 4 ފޮށި އުތުރުދާއިރާގައި 4 ފޮށި އަދި ރަށުން ބޭރުމީހުން ވޯޓްލުމަށް 1 ވޯޓްފޮށި ކަމަށެވެ .

އެގޮތުން ކުޅުދުއްފުށީ ދެކުނުދާއިރާގެ ރައްޔިތުނަށް ވޯޓްލުމަށް ބަހައްޓާ 4 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ އަފީފުއްދީން ސްކޫލްހޯލްގައި 2 ފޮއްޓާއި އަމީރު އަމީން ސްކޫލާއި ނޮދަން އޮފީސް ކޮމްޕްލެކްސް (އެންއޯސީ) ގައި 1 ފޮށިކަމަށެވެ.

އުތުރުދާއިރާގެ ރައްޔިތުން ވޯޓްލުމަށް ބަހައްޓާ 4 ފޮށި ބެހެއްޓިފައި ހުންނާނީ ގައުމީ ޔުނިވާސިޓީގެ ކެމްޕަސް އިމާރާތުގައި އާއި ޖަލާލުއްދީން ސްކޫލުގައި 1 ފޮށި ތައުލީމީ މަރުކަޒު ސްކޫލު ހޯލްގައި 2 ފޮއްޓެވެ .

އެހެން ފަހަރުތަކާއި ހިލާފަށް މިއަހަރު ރަށުން ބޭރު މީހުން ވޯޓްލުމަށް ހާއްސަކުރެވިފައިވާ ވޯޓް ފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޔޫތު ސެންޓަރުގައިކަމަށް އޮފިސަލް ވިދާޅުވިއެވެ .

18 އަހަރުން މަތީގެ ދެކުނުދާއިރާއިން ވޯޓްލުމުގެ ހައްގު ލިބިފައިވާ ޖުމްލައަދަދަކީ 3184 މީހުންނެވެ. އަދި އުތުރުދާއިރާގެ ޖުމްލަ އަދަދަކީ 3447 މީހުންނެވެ.

މިހާތަނަށް ލިބިފައިވާ އަދަދަކީ މިއީކަމަށާއި އަދި ވޯޓްލުމާއި ހަމައަށް މިއަދަދުތަކަށް ބަދަލެއް އައުމަކީ އެކަށީގެންވާކަމެއް ކަމަށް އޮފިސަލް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355