twitterviber whatsapp telegramfacebookyoutube instagram
8th May 2024

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި ބައެއް ފަރާތަކަށް ވަޒީފާ ދޭން ނިންމައިފި

Mar 26, 2019

ކުރީގެ ސަރުކާރުގައި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި މީހުން ހުށައެޅި ޝަކުވާތަކަށް ބެލުމަށްފަހު ވަޒީފާ އަލުން އިއާދަކުރަން ފެންނަކަމަށް މިހާތަނަށް ފާހަގަކުރެވިފައިވަނީ 104 ފަރާތެއްކަމަށާއި ބައެއް ފަރާތްތަކަކަށް މިހާރު ވަޒީފާ އިއާދަކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުން ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި އަށް ސަތޭކަ ބާރަ ޝަކުވާއެއް ހުށައަޅާފައިވާކަމަށެވެ.

އެ ޝަކުވާތައް ސާޅީސް ނުވަ މުއައްސަސާއަކަށް ރައްދުވާކަން ފާހަގަކުރައްވައި ހޫދު ވިދާޅުވީ އެންމެ ގިނަޝަކުވާ ހުށައަޅާފައިވަނީ އެމްޕީއެލްއާއި، ފެނަކަ ކޯޕަރޭޝަނަށް ރައްދުވަގޮތަށްކަމަށެވެ. އޭނާ ވިދާޅުވީ، ހުށަހަޅަފައިވާ ހުރިހައި ޝަކުވާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ “ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ”އިން މުރާޖައާކޮށްފައިވަކަމަށެވެ.

ފެނަކަ ކޯޕަރޭޝަނަށް ރައްދުވާ 94 ޝަކުވާއާއި އެމްޕީއެލްއަށް ރައްދުވާ 38 ޝަކުވާ ހުށައަޅާފައިވާމަށާ ފުލުހުންނާއި، ޤައުމީ ދިފާޢީ ބާރުގެ މައްޗަށް ރައްދުވާ 85 ޝަކުވާ ހުށައަޅާފައިވާކަމަށް ހޫދު ފާހަގަކުރެއްވިއެވެ.

އެ މައްސަލަތައް ދިރާސާކުރުމަށްފަހު ސިޔާސީ ސަބަބުތައް އެކުލެވިގެންވާކަމަށް ފެންނާތީ ފުލުހުންގެ 35 ޝަކުވާ އަދި ޤައުމީ ދިފާއީ ބާރުގެ 28 ޝަކުވާއަށް ރިޔާއަތްކޮށް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު އަލުން މުރާޖައާކޮށްދިނުމަށް އެމުއައްސަސާތަކުގައި އެ ކޮމިޝަންގެ ފަރާތުން އެދިފައިވާކަމަށެވެ. އަދި ބައެއް ފަރާތްތަކަށް ވަޒީފާ އަލުން އިއާދަކޮށްދެއްވާފައިވާކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ، ކޮމިޝަނަށް ހުށައެޅި 812 މައްސަލއިގެ ތެރެއިން 169 ޝަކުވާއާއި ގުޅިގެން އަލުން މައުލޫމާތު ހޯދުމަށް އެ ޝަކުވާ ރައްދުވާ އިދާރާތަކަށް ފޮނުވާފައިވާކަމަށެވެ. އަދި ސިޔާސީ ސަބަބުތަކަށްތަކއި ވަޒީފައިން ވަކިކޮށްފައިވާ ފަރާތްތަކުން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށާއި ޝަރުއީ ކޯޓަކަށް މައްސަލަ ހުށައަޅާއި ޝަކުވާ ހުށައެޅި ފަރާތާއި އެއްކޮޅަށް މައްސަލަ ނިމުމުންވެސް ފަހިމަގެއް ފެނިފައިނުވާތީ 47 ޝަކުވާ ކޮމިޝަނަށް ލިބިފައިވާކަމަށް ހޫދު ވިދާޅުވިއެވެ.

މިހާތަނަށް ލިބިފައިވާ ހުރިހާ ޝަކުވާތަކަށްބަލާ، ކޮމިޝަނުން ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު، ވަޒީފާ އަލުން އިއާދަކުރުމަށް ފެންނަ 104 ފަރާތެއް ހިމެނޭކަމަށްވެސް ހޫދު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355