twitterviber whatsapp telegramfacebookyoutube instagram
7th May 2024

ސިއްހީ ހުރިހާ އިދާރާތައް އެއް ވިއުގަ އަކުން ގުޅާލައިފި

Mar 27, 2019

ދިވެހިރާއްޖޭގެ ހުރިހާ ސިއްހީ މުއައްސަސާތަކެއް އެއް ވިއުގައަކުން ގުޅާލައި ދިވެހިރާއްޖޭގެ ގައުމީ ސިއްހީ ވިއުގަ އިފްތިތާހު ކޮށްފިއެވެ.

ހއ.ތުރާކުނުގައި ބޭއްވި ރަސްމިޔާތުގައި އެވިއުގާ އިފްތިތާހު ކޮށްދެއްވާފައިވަނީ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނެވެ.

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހެލްތް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ގައުމީ ސިއްހީ ވިއުގާގެ ތެރެއިން ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް އެއްނެޓްވޯކްއެއްގެ ތެރެއިން ގުޅިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު މެނުއަލްކޮށް ކުރަމުން އަންނަ އެތައް ކަމެއް ސޮފްޓްވެއާ މެދުވެރިކޮށް ކުރެވިގެންދާނެ ކަމަށާއި ލިޔެކިޔުންތައް އެއްތަނުން އަނެއްތަނަށް ފެކްސް ނުވަތަ އީމެއިލްކުރުމުގެ ބަދަލުގައި ސޮވްޓްވެއާ ބޭނުންކޮށްގެން ކުރެވޭނެ ކަމަށެވެ.

އަދި ބަލިތަކަށް ފަރުވާ ކުރުމަށް ބެނުންކުރެވޭ ބޭސް ފަދަ ތަކެތި ހޮސްޕިޓަލުން ހުސްވުމުން އެތަކެތި ހުސްވެފައިވާކަން މި ސޮފްޓްވެއަރ ބެނުން ކޮށްގެން ރިއަލްޓައިމް ގައި ބަލާލެވޭނެއެވެ. މީގެ އިތުރުން ހޮސްޕިޓަލުތަކުގައި އާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ހާޒިރީ އާއި ކުރާ މަސައްކަތުގެ ހާޒިރީވެސް މި ސޮފްޓްވެއަރ ގެ އެހީގައި ބަލައިލެވޭނެއެވެ.

އެމެޖެންސީގައި ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދެވުމުގައިވެސް އަވަސް ވެގެން ދާނެ ކަމަށާއި “ވިނަވި” ޕޯޓަލް ވެގެންދާނީ ސިއްހީ އިދާރާތަކާއި އާސަންދައާއި ގުޅިގެން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް އިތުުރު ފުރިހަމަ ކަމެއް ގެނުވައިދޭ އެއްޗަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބޭސްފަރުވާއަށްޓަކައި ކުރެވޭ ހަރަދުތަކުގެ ތަފާސް ހިސާބުތައް ވަގުތުން ވަގުތައް ރައްކާކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލަށް ތައާރަފު ވެގެން ދިޔަ މި ހިދުމަތަކީ ސިއްހީ ހިދުމަތް ފަސޭހަ ކަމާއި އަވަސް ކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރެވިގެންދިޔަ ވަރަށް މުހިންމު ކަމެއް ކަމުގައި، ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިއެވެ.

މި ވިއުގާގެ ތެރެއިން ސިއްހީ ދާއިރާގައި ދިމާވެފައިހުރި އެތައް ދަތިތަކެއް ހައްލުކުރެވިގެންދާނެ ކަމަށާއި ކައިރި މުސްތަގުބަލެއްގައި މުޅި ސިއްހީ ނިޒާމް ޑިޖިޓަލައިޒްކުރެވިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ބަލިމީހާ އައިޑީކާޑް ދައްކާލުމުން، ބަލިމީހާގެ މެޑިކަލް ހިސްޓްރީއާ އެންމެ ފަހުން ޑޮކްޓަރު ޑައިގްނޯޒް ކުރި ބައްޔާއި ޑޮކްޓަރު އެންމެ ފަހުން ދިން ބޭހުގެ މައުލޫމާތަށް ސޮފްޓްވެއާ މެދުވެރިކޮށް ޑިޖިޓަލައިކުރެވިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ ބަލިމީހާ ބޭސްސިޓީ ގެއްލުމާއި އެއްމަރުކަޒުން އަނެއްމަރުކަޒަށް ދާއިރު ބޭސްސިޓީތައް ހަމަނުވުމާއި އެއްމަރުކަޒުން އަނެއްމަރުކަޒަށް ބޭސް ސިޓީ ހިފައިގެން ދާންޖެހޭ ދިޔުމަށް ހުއްޓުމަކަށް ގެނައުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ވިއުގަ މެދުވެރިކޮށް ވީޑިއޯ ކޮންފަރެންސްގެ އެހީގައި މީހުން ތަމްރީންކޮށް ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށެވެ. އަދި ހިއުމަން ރިސޯސް ސޮފްޓްވެއައާ ސްޓޮކްމެނޭޖްމަންޓް ސޮފްޓްވެއަ މިވިއުގާގެ ތެރެއިން ގާއިމްކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355