twitterviber whatsapp telegramfacebookyoutube instagram
7th May 2024

އާރތު އަވަރ ފާހަގަކުރުމުގެ މައި ހަރަކާތް މިއަހަރު ކުޅުދުއްފުށީގައި

Mar 29, 2019

އާރތު އަވަރ ފާހަގަކުރުމުގެ މައި ހަރަކާތްތައް މިއަހަރު ކުޅުދުއްފުށީގައި ކުރިއަށްގެންދާގޮތަށް ހަމަޖެހިއްޖެ އެވެ. ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ގުރޫޕެއްކަމަށްވާ ބިލީފް އިން އިސްގަނައިގެން ކުރިއަށްގެންދާ މިހަރަކާތުގައި އާރތް އަވަރ މޯލްޑިވްސް އާއި އީކޯ ކެއާރ މޯލްޑިވްސް އިންވެސް ބައިވެރިވެ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ބިލީފްއިން ބުނީ ހޮނިހިރު ދުވަހުގެ ރޭ ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް ކުރިއަށް ދާނީ 08:00 ން 10:00 އަށް ކަމަށާއި އަދި ސްވިޗް އޮފް ގަޑިއެއްގެ ގޮތުގައި އިންނާނީ 08:30 ން 09:30 އަށް ކަމަށެވެ.

މިއަހަރު އާރތް އަވާރ ފާހަގަ ކުރުމަށް ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މި ހަރަކާތުގައި ބޮޑުބެރާއި، މިއުޒިކް ޝޯއެއްގެ އިތުރުން ތަފާތު ސްޓޯލްތައް ވެސް ހުންނާނެ ކަމަށް ބިލީފްއިން މައުލޫމާތު ދެއެވެ. އެގޮތުން މައުލޫމާތު ދިނުމުގެ ސްޓޯލްތަކާއި ކާތަކެތި ވިއްކާ ސްޓޯލްތައްވެސް ހިމެނެއެވެ.

ސްވިޗް އޮފްގެ ގޮތުގައި އިންނަ އެއް ގަޑިއިރު ކޮންމެހެން ބޭނުންކުރަންޖެހޭ ބޮކި، ހޮޅިބުރި ފަދަ ތަކެތި ފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް ނިއްވާލުމުގެ އިތުރުން ވީހާވެސް ގިނަ ދުއްވާ އެއްޗެހި ދުއްވުން މަދު ކުރުމަކީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކޮންމެ މިހާކަށްވެސް ކުރެވިދާނެ ކަމެކެވެ.

އާރތް އަވާރ އަކީ، ދުނިޔޭގެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރލްޑް ވައިލްޑް ލައިފް އިން 2007 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ހިންގަމުންގެންދާ ކެމްޕެއިނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355