twitterviber whatsapp telegramfacebookyoutube instagram
8th May 2024

ސިޓީ ކައުންސިލް މެންބަރުންގެ މުސާރައާއި، އިނާޔަތްތައް ބޮޑު ކުރުމަށް ފާސްކޮށްފި

Mar 27, 2019

ކައުންސިލްތަކަށް ބާރު ދިނުމައި، މެންބަރުންގެ މުސާރައާއި، އިނާޔަތްތައް ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

34 މެންބަރުންގެ އިއްތިފާގުން މިގޮތަށް ފާސްވެފައިވާއިރު ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުކުރުމަށްވެސް ފާސްކުރައްވާފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ސިޓީ ކައުންސިލްތަކަށް ބާރުތައް ދެއްވުމަކީ ރައީސަށް ލިބިދޭ އިހްތިޔާރެކެވެ. އެހެންކަމުން މާލިއްޔަތު ކޮމިޓީން ވަނީ އެ ބާރުތައް ދީ ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުކުރުމަށްވެސް ފާސްކުރައްވާފައެވެ.

އެގޮތުން މި ބަދަލާއިއެކު މޭޔަރަށް މުސާރަޔާއި ލިވިންގ އެލަވަންސްގެ ގޮތުގައި ސާޅީސް ހާސް ރުފިޔާ، ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާއެކު ތިރީސް ފަސް ހާސް ރުފިޔާ އަދި ލިވިންގ އެލަވަންސާއެކު މެމްބަރުންގެ މުސާރަ ތިރީސް ހާހަށް ބޮޑު ކުރުމަށް މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ.

މީގެ ކުރިން ސިޓީ ކައުންސިލް މެމްބަރުންނަށް ދެމުންދިޔަ މުސާރައާއި އިނާޔަތުން ފަންސާސް އިންސައްތަ ކުޑަ ކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމެވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

އެގޮތަށް ނިންމުމުން ސިޓީ ކައުންސިލްތަކުގެ މޭޔަރަށް މުސާރައާއި ލިވިންގ އެލަވަންސްގެ ގޮތުގައި އަށާރަ ހާސް، ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާއެކު ފަނަރަ ހާސް ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް ލިވިންގ އެލަވަންސާއެކު ލިބެނީ އެގާރަ ހާސް ފަސްސަތޭކަ ރުފިޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355