twitterviber whatsapp telegramfacebookyoutube instagram
8th May 2024

ނޭކުރެންދޫގައި ކަރަޔާއި ފަތްކެޔޮ ހެއްދުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

Mar 27, 2019

ނޭކުރެންދޫގައި ކަރަޔާއި ފަތްކެޔޮ ހެއްދުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ވެ. 26މާރޗު 2019ން 28 މާރޗު 2019ގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ ނޭކުރެންދޫ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމްގައި ގަސްހެއްދުމާއި، ގަސްތަކަށް ޖެހޭ ބަލިތަކާއި، ގަސްތަކަށް ދިމާވާ މައްސަލަތައް އަދި ގަސްތަކަށް ޖަހާ ބޭސް ބޭނުންކުރާނެގޮތް ކިޔައި ދިނުން ހިމެނެއެވެ.

މި ޕްރޮގްރާމްގައި ކައުންސިލުން ދޫކޮށްފައިވާ ދަނޑުބިންތަކާއި އަމިއްލަ ގޯތި ތެރޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން ޖުމުލަ 25 ފަރާތެއް ބައިވެރިވެފައިވެއެވެ.

މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ އެގްރިކަލްޗަރ އޮފިސަރ ޢަބްދުއްލަތީފް މޫސާއެވެ.

ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެގްރިކަލްޗަރ މިނިސްޓްރީ އާ ގުޅިގެން މީގެ ކުރިންވެސް މިފަދަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355