twitterviber whatsapp telegramfacebookyoutube instagram
7th February 2026

ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް ހެދުމަށް ކޮރެލިން މޯލްޑިވްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލައިފި

Mar 28, 2019

ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލްގެ މަސައްކަތްކުރުމަށް ކޮރެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.

އެގޮތުން ހާއްސަ ހުއްދައެއްގެ ދަށުން ކުޅުދުއްފުށީ ޓާމިނަލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން މައުލޫމާތު ދެއެވެ.

މިދިޔަ ޖެނުއަރީމަހު ރީޖަނަލް އެއަރޕޯރޓްސްއިން ވަނީ ކޮރެލިން ކުންފުންޏާއެކު މަޝްވަރާތަކެއް ކުރުމަށްފަހު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް އަލުން ފެށޭނެކަމަށް ބުނެފައެވެ. ނަމަވެސް އެއްބަސްވުން އުވާލާފައިވާއިރު ޓާމިނަލްގެ މަސައްކަތް ނުފެށި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އިން ވަކި ކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ވަނީ ހަދާފައެވެ. މި އެއަރޕޯޓަކީ ރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ބޮޑު ކުޅިން 9 ހެކްޓަރުގެ ބިމާއި، މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355