twitterviber whatsapp telegramfacebookyoutube instagram
8th May 2024

ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތުކުރާ ތަނެއް ތަރައްގީ ކުރާނަން: އަދުރޭ

Mar 29, 2019

ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިބުމަށްޓަކައި ކަސްރަތުކުރާ ތަނެއް ތަރައްގީ ކުރެވިގެންދާނެކަމަށް ކުޅުދުއްފުށީ ދެކުނުދާއިރާގެ ޕީޕީއެމް ކެނޑިޑޭޓް އަބްދުއްރަހުމާން އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަމުން އަބްދުއްރަހުމާނު ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިމުއްޓަކައި ކުޅުދުއްފުށީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކަސްރަތު ކުރާނެތަނަކާއި ބާބުކިއު ސަރަހައްދެއް ތަރައްގީ ކުރެވިގެންދާނެކަމަށެވެ.

އަދުރޭ ވިދާޅުވީ އޭނާއަށް މަޖިލީހުން ފުރުސަތު ލިބިއްޖެނަމަ ރައްޔިތުންނަށް ވެފައިވާ އެހެނިހެން ހުރިހާ ވައުދުތަކެއްވެސް ފުއްދާނެ ކަމަށެވެ. ގޭބިސީތަކަށް ގޮސް ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއްވެފައިވާނެކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ އެކަންތައްތައް ފުއްދަވާދެއްވާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

” ދިވެހިރާއްޖޭގެ ގާނޫނު އަސީސީގައި ރައީސްކަން ވިޔަސް މަޖިލީހަށްދާންވިއަސް އަދި ރަށްރަށުގައި އުފެދިފައިވާ ކައުންސިލްތަކަށްދާކަށް ވަކި ސަރުތުތަކެއް ކަނޑައެޅިފައެއްނުވޭ ގާނޫނު އަސާސީން ލިބިދޭ ބާރަކުން ދިވެހިކޮންމެ މައެއްގެ ބަނޑުން އުފަންވެފައިވާ ކޮންމެ ދަރިއަކީ އެޝަރުތުތައް ފުރިހަމަވެ އެހައްގުލިބިގެންވާ ދަރިއެއް ” އަބްދުއްރަހުމާން ވިދާޅުވިއެވެ .

އަދުރޭ އިތުރަށް ވިދާޅުވީ މިއަދު މަޖިލީހަށް މިނިކުންނަނީ ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތަކެއް ހޯދައިދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދިނުމަށް އަދި  ކޮންމެ ގެއަކަށްވިއަސް ރައްޔިތަކާވެސް ބައްދަލުކުރެވޭނެ ވާހަކަވެސް ދެއްކާނެކަމަށާއި ރައްޔިތުންނާއި ބައްދަލުވެ ކުރެވިފައިވާ މުއާމާލާތްތަކުގައި ދެއްކިފައިވާ ވާހަކަތަކަކީ ރައްޔިތުންގެހައްގުގައި ޔަގީންކަމާއެކު ކޮށްދެވޭނެ ކުރެވޭނެ ކަންކަން ފާހަގަކުރެއްވިއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355