twitterviber whatsapp telegramfacebookyoutube instagram
7th May 2024

އެމްއެމްއޭގެ ޔޫތް އެންޓަޕްރިނާސް ފޯރަމް ކުޅުދުއްފުށީގައި، ބައިވެރިވުމަށް ވަނީ ހުޅުވާލެވިފަ !

Mar 29, 2019

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ޔޫތު އެންޓަޕްރިނާސް ފޯރަމެއް ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި އެވެ. މި ފޯރަމް އޮންނާނީ މާދަމާ ހެނދުނު 9:30 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ، ޓީއާރުސީގަ އެވެ.

މި ފޯރަމްގައި އަމިއްލަ ވިޔަފާރިއެއް ފަށައިގެން މަސައްކަތްކުރާ ފަރާތްތަކުން އެ ވިޔަފާރިއެއް ފެށުމަށް ކުރި މަސައްކަތާއި ކާމިޔާބު ވިޔަފާރިއެއް ކުރުމަށް ކުރި ދަތުރުގައި ދިމާވި ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާކުރާނެ އެވެ.

މި ފޯރަމުގައި ވިޔަފާރިކުރުމަށް ލޯނު ހޯދާނެ ގޮތާއި ވިޔަފާރި ކުރިއެރުވިދާނެ ގޮތުގެ މައުލޫމާތު ދޭނެ އެވެ. އަދި މާލީ ދާއިރާގެ ތަފާތު މައުލޫމާތު މި ފޯރަމުގައި ހިއްސާކުރާނެކަމަށް އެމްއެމްއޭއިން މައުލޫމާތުދެ އެވެ. މި ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލެވިފަ އެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ.

މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ބާއްވާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާތަކުގެ އެކި ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އެވެ. އެގޮތުން ސްކޫލްތަކާ ގުޅިގެން ހިންގާ ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ހެދުން އަދި ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ވިޔަފާރީގެ ފޯރަމެއް ބޭއްވުން ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355