twitterviber whatsapp telegramfacebookyoutube instagram
20th March 2026

ތަރައްގީގެ ޕްރޮޖެކެޓްތައް ސަރުކާރާއި ނުލާ ނުހިންގޭނެ: ޔާސިރު

Mar 30, 2019

ތަރައްގީގެ އެއްވެސް ޕްރޮޖެކެޓެއް ސަރުކާރާއި ނުލާ ނުހިންގޭނެ ކަމަށް ކުޅުދުއްފުށީ އުތުރުދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޔާސިރު ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ތަރައްގީގެ ޕްރޮޖެކެޓް އެއްވެސް މެމްބަރަކަށް ސަރުކާރުގެތެރެއިން ނޫންގޮތަކަށް ގެނެސްނުދެވޭނެކަމަށެވެ .

ޔާސިރު ވިދާޅުވީ މިހާތަނަށް ކުޅުދުއްފުށީ ތަރައްގީގެ ހިންގާފައިވާ ގިނަ ޕްރޮޖެކެޓްތައް ހިންގާފައިވަނީ ސަރުކާރުންކަމަށާއި އެޕްރޮޖެކެޓްތައް ކުރިއަށްގޮސްފައިވަނީ އެންމެ އެދެވޭގޮތަށް ނޫންކަން އެންމެންވެސް ގަބޫލުކުރާނެކަމަށެވެ.

ބައެއް ފަރާތްތަކަށް އިދިކޮޅު ފަރާތްތަކުން ހަރަދު ކުރަމުންދާއިރު ބައެއް ކެނޑިޑޭޓުން އެބަވިދާޅުވޭ  ސަރުކާރުކާރާއި ގުޅިގެން ކަންކަން ކޮށްދެއްވާނެކަމަށް އެހެން ވިދާޅުވާ ބޭފުޅުންނަށް ސަރުކާރާއި ގުޅިގެން މަސައްކަތް  ކުރެވޭނެކަމާއި މެދު ސުވާލު އުފެދޭ ކަމަށް ޔާސިރު ވިދާޅުވިއެވެ.

އެޖެންޑާ 19 ގެ މައްޗަށް އަލިއަޅުވާލަ ވާހަކަދައްކަވަމުން ވިދާޅުވީ މިއީ އެމްޑިޕީ ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށައަޅާ 19 ބިލެއްކަމަށާއި މިއީ ރައްޔިތުންނަށް ފޮރުވިފައި އޮތް އެއްޗެއް ނޫންކަމަށެވެ. ރައްޔިތުން މަޖިލީހަށް މިވަންނާނީ ރައްޔިތުންގެ ބަސް އިވޭނޭ އިވައިދޭނެ މެމްބަރެއްގޮތުގައި ކަމަށް ޔާސިރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355