twitterviber whatsapp telegramfacebookyoutube instagram
16th October 2025

ހާލަތު ބަދަލުކުރުމަށް ޒުވާނުންނާއި އިސް ރަށްވެހީން ކުރަމުންދާ މަސައްކަތް ބަލައިގަންނަން: ޔާސިރު

Mar 30, 2019
2

ކުޅުދުއްފުށީގެ މިހާލަތު ބަދަލުކުރުމަށް ޒުވާނުންނާއި އިސްރައްވެހީން ހިލޭ ސާބަހަށް ނިކުމެ ކުރަމުންދާ މަސައްކަތް އުފަލާއެކު ބަލައިގަންނަކަމަށް ކުޅުދުއްފުށީ އުތުރުދާއިރާ އެމްޑީޕީގެ ކެންޑިޑޭޓް ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެންވިދާޅުވީ ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ސަޕޯޓަރުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަގައެވެ. ޔާސިރުގެ ސުލޯގަން “މިހާލަތުން ވީލުން” އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ރަށު ގޭގެއަށް ވަންނަމުންދާއިރު ރައްޔިތުން ބުނަމުންދަނީ ހޮސްޕިޓަލް ތަރައްގީ ކުރުމަށްޓަކާ އެއްވޯޑް ތަޅާލާފައި އަނެއް ވޯޑަށް އެނދުތައް ކައިރީގައި ޖަހާފައި ހުރުމުންވާ އުދަނގޫތަކާއި ކިޔު ނަމްބަރު ނަގަންޖެހޭއިރު ތިބެންޖެހޭއިރު ވާއުނދަގޫތަކުގެ މަތީންނާއި ކުޅިވަރުކުޅޭ ދަރިވަރުން މުބާރާތްތަކުގައި މާލޭ ދާންޖެހޭ ވަގުތު ދިމާވާ ދަތިތަކާއި ކުޑަކުޑަ ކަމެއްގައި މާލެއަށް ގޮސްލިބުނު ހުރިހާ ރުފިޔާއެއް ހަރަދުކޮށްފައި އަންނަންޖެހޭ ވާހަކަޔާއި ގެދޮރުގެ ދަތިކަމާއި މަގުތަކާއި ގެދޮރުތަރައްގީ ނުކުރެވޭ ވާހަކަތައް ކަމަށެވެ.

މިހެންވެ މިހާލަތު ބަދަލުކުރުމަށް ޒުވާނުންނާއި އިސްރައްވެހީން ނިކުމެމިމަސައްކަތް ކުރަނީ ޒުވާނުން ކުޅުދުއްފުށީގެ ހާލަތު ބަދަލުކުރުމަށް މިއަދު ފެށި މަސައްކަތެއްނޫންކަމަށާއި އެތައް އަހަރެއްވެއްޖެ ކަމަށާއި އިރާދަކުރެއްވިއްޔާ މިމަސައްކަތް ކާމިޔާބު ކުރާނެކަމަށް ޔާސިރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355