twitterviber whatsapp telegramfacebookyoutube instagram
21st June 2026

ހަނިމާދޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި

Mar 31, 2019

ހދ ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި އެވެ.

މި ސެންްޓަރ، ރައީސް ސޯލިހު ހުޅުއްވައިދެއްވީ މިހާރު އެމަނިކުފާނު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ގާއިމުކޮށްފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އެތަން ބައްލަވާލައްވައި، އެތަނުގައި ދެވޭ ފަރުވާތަކާ ބެހޭ މައުލޫމާތު އޮޅުން ފިލުއްވިއެވެ.

ޑިޓޮކްސިފިކޭޝަން ޚިދުމަތަކީ މަސްތުވާތަކެއްޗާއި ބަނގުރަލަށް ދެވިހިފާފައިވާ ތިބޭ ފަރާތްތައް، އެފަދަ ވަބާއިން ސަލާމަތްކުރުމަށް ދޭ ޚިދުމަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355