twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިއްދޫ ހޮސްޕިޓަލް ތަރައްގީ ކުރަން ނިންމާފައިވަނީ ޓާޝަރީ ފެންވަރަށް: ރައީސް

Apr 1, 2019

ހއ. ދިއްދޫގެ ހޮސްޕިޓަލް ތަރައްގީކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް އެރަށުގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރެވިގެން ދާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކެމްޕެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ދިއްދޫ ދައިރާއަށް މުހިއްމު ކަންކަން އެބަހުރި ކަަމަށާއި އެގޮތުން ހޮސްޕިޓަލް ތަރައްގީއަކީ ކުރެވޭނެ ކަމެއް ކަމަށެވެ.

އަދި ދިއްދޫގެ ތަރައްގީއަށްޓަކައި ކުރަހާފައިވާ ކަންތައްތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ދިއްދޫގައި އިތުރު ހައުސިން ޔުނިޓްތައް އެޅިގެންދާނެ ކަމަށާއި، އެކަން ކުރުމަށްޓަކައި ބިން ހިއްކައި ބިން އިތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ދިއްދޫގައި ރަސްމީ ފާލަމެއް އެޅުމަށް ބަޖެޓް ކުރެވިފައި އެބައޮތް ކަމަށާއި ފާލަމް އެޅުމަށް ޑިޒައިން ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާ ޒުވާނުންނަށް ބޭނުންވާ ފުޓްބޯޅަ ދަނޑުތައް އެލުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްވެރިންނަށް އައިސް ލިބޭ ގޮތަށް އައިސް ޕްލާންޓްވެސް ބަހައްޓާ، މަސްދޯނި ފަހަރު އެހެލަން ހަދާފައިވާ ތަން އިތުރަށް ތަރައްގީކޮށް، ޕާސްޕޯޓް ހެއްދުމާއި ޕާސްޕޯޓް ލިބޭނެ ހިދުމަތާއި އަދި ދިއްދޫގައި ޖޫނިއާ ކޮލެޖެއްވެސް އަޅާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355