twitterviber whatsapp telegramfacebookyoutube instagram
6th November 2025

ސަޤީފްގެ ކެމްޕެއިނަށް ސަރުކާރުގެ އިސްވަފުދެއް ހދ އަތޮޅަށް!

Apr 1, 2019

ސަރުކާރުގެ ކެންޑިޑޭޓް ޙުސައިން ސަގީފު ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވައި ކުރަށްވަމުންގެންދަވާ ކެންޕެއިން އާއި ގުޅިވަޑައިގަތުމަށް ސަރުކާރުގެ އިސްވަފުދެއް ހދ އަތޮޅަށް ވަޑައިގެންފިއެވެ.

މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ މި ސަރުކާރުގެ އިސް ހަތަރު ލީޑަރުންގެ ތެރެއިން އެއް ލީޑަރ އަދި ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲއެވެ.

ދެން ހިމެނި ވަޑައިގަންނަވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އަހުމަދު ޒާހިރު، ފައިނާންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަރީފު، ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިިިނިސްޓަރ އަޙްމަދު މުޙްސިން، ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޝިޔާމާ މުޙައްމަދު އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދުއެވެ.

މި ވަފުދު ވައިކަރަދޫ ދާއިރާގެ އިތުރުން މަކުނުދޫ ދާއިރާއަށްވެސް ޒިޔާރަތް ކުރައްވާނެއެވެ. ދާއިރާގެ ރަށްތަކަށް ވަޑައިގެން ސަގީފުގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރަށް ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ހިޔާލު ހޯއްދަވާ ސަރުކާރުގެ ތެރެއިން ހައްލު ހޯއްދެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ސަޤީފުގެ ކެމްޕޭނަށް މީގެ ކުރިންވެސް ސަރުކާރުގެ ވަފުދެއް ވަނީ ޒިޔާރަތްކޮށްފައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355