twitterviber whatsapp telegramfacebookyoutube instagram
18th May 2024

އިންޝުއަރެންސް ގާނޫނަކީ އިހްތިޔާރީ އެއްޗެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރާނަން: އަދުރޭ

އިބްރާހިމް ހަމީދު
Apr 2, 2019
2

އިންޝުއަރެންސް ގާނޫނު އިހުތިޔާރީއެއްޗެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރާނެކަމަށް ޕީޕީއެމް ޓިކެޓްގައި ކުޅުދުއްފުށީ ދެކުނުދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހުމާން އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރޭ އަދުރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ މިއަދު ދިވެހިރާއްގޭގައި ހެދިފައިވާ ގާނޫނުގެ ތެރެއިން ސައިކަލާއި ބައިސްކަލާއި ނުވަތަ އެހެން އެއްޗެއްސަށް އިންޝުއަރެންސް ދެއްކުނު މަޖުބޫރީ ކަމެއްގެ ގޮތުގައި އޮންނަން ޖެހޭނޭ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަމޭ ދިވެހިރާއްޖޭގައި މިއަދު ހެދިފައިވާ ގާނޫނަކީ މަޖުބޫރު ކަމާއެކު ސައިކަލާއި ބައިސްކަލާއި ނުވަތަ އެހެން އެއްޗެއްސާއެކު އިންޝުއަރެންސް ދައްކަންޖެހޭ އެއްޗެއްކަމަކަށް." އަދުރޭ ވިދާޅުވިއެވެ.

"އެމަޖިލީހަށް ދެވިއްޖެނަމަ އަޅުގަނޑު ވަކާލާތު ކުރާނަމޭ އިންޝުއަރެންސަކީ އިހްތިޔާރީ އެއްޗެއްގެ ގޮތުގައި އޮންނަންޖެހޭނެ އެއްޗެއް ކަމަށް ހަދަން" އަދުރޭ ވިދާޅުވިއެވެ.

މަޖިލީހަށް މިދަނީ ރައްޔިތުން ކަންބޮޑުވުންތަކާއި އުދާސްތައް ހިފައިގެން އަދި މަޖިލީހުގެ ތެރޭގައި އެކަނި ނިކުމެ ކޮށްދެވޭނެ މަސައްކަތެއް މިއަދު ނެތްކަމާއި މަސައްކަތެއް ކޮށްދެވޭނީ ޕާޓީއަކުން މަޖިލީހަށް ނިކުމެގެންކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވޭ މެމްބަރަކަށް މަޖިލީހުގައި ކުރެވޭ ކަމެއް ނޯނާނެ ކަމަށާއި އެފަރާތްތަކުން މަޖިލީހުގައި ތިބޭނީ އެކަހެރިވެފައިކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355