ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރުގެ ބާރަ ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ކޭއޯއަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ޕްރޮޖެކެޓް އޮފިޝަލް ވިދާޅުވީ ބަނދަރު ހެދުމުގެ މުޅި ޕްރޮޖެކެޓްގެ 12 ޕަސެންޓް މަސައްކަތް މިހާރު ނިމި، ބަނދަރުކޮނެ ފުންކުރުމުގެ މަސައްކަތުގެ 40 ޕަސެންޓްވެސް މިހާރު ނިމިފައިވާ ކަމަށެވެ.
އިތުރު މައްސަލައެއް ދިމާނުވެ މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު ޖުލައިމަހު ބަނދަރު ކޮނުމުގެ މަސައްކަތް ނިންމާލެވޭނޭކަމަށާއި ވަރަށް އަވަހަށް ކީވޯލާއި ބޭރުތޮށީގެ މަސައްކަތްވެސް ފެށިގެންދާނެކަމަށެވެ.
އޭޑީބީގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ މި ބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެއް މިމަޝްރޫއުއަކީ 126.9 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށާއި ފެރީ ޓާމިނަލް އިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރައެއްގެ އިތުރުން ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެ އެވެ.