މަކުނުދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާއީގެ ކެމްޕެއިނަށް އެޕާޓީގެ އިސްވަފުދެއް މިއަދު މަކުނުދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އެވެ. މީގެ އިތުރުން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު މައުސޫމު އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނިޒާރެވެ.
މި ވަފުދުގެ ޓީމު މިހާރު ހަނިމާދޫއަށް ވަޑައިގަންނަވާފައިވާއިރު މިރޭ މަކުނުދޫގައި ވަނީ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފަ އެވެ.