ކުޅުދުއްފުއްޓަށް އުޖާލާކަމާއި ރޯޝަނީކަން ގެނެސް ދޭނެކަމަށް ޕީޕީއެމް ޓިކެޓްގައި ދެކުނުދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އަބްދުއްރަހުމާން އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރޭ އަދުރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އެގޮނޑިއަށް ދެވިއްޖެނަމަ ކުޅުދުއްފުއްޓަށާއި ތިބޭފުޅުންނަށް ދިރުމަށް އުޖާލާކަމާއި ރޯޝަނިކަން ގެނެސް ދޭން އެމަސައްކަތުގައި ދެމިހުންނާނެކަމަށެވެ.
" ހޮސްޕިޓަލް ދާއިރާގެ ހާލަތު ނިކަމެތިކަމުން އަޅުގަނޑުމެން މިތިބެނީ ވަރަށް ނިކަމެތި ހާލެއްގައި ހޮސްޕިޓަލަށް ދާއިރަށް މިބުނަނީ ފުޓްނިއަޅާލަންވިއަސް އަދި ކަކުލުހުޅުގައި ރިއްސާލިއަސް މާލެދިއުމަށް މިކަންކަން ހުއްޓުމަކަށް ގެންނަން މަސައްކަތް ކުރަންޖެހޭ " އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މަދަރުސާގެ ޕީޓީއޭތަކުން އެމަދަރުސާއެއްގެ ދަރީންނަށް ކަމެއްކުރަންވީމަ ސަލާންޖަހާ ގޭގެއަށް ހިނގާ އަގެއްހޯދައިގެން ކަމެއް ކޮށްދޭން މިޖެހެނީ މާލޭގެ ސްކޫލުތަކަށް ފަންޑުވެސް އަދި ބަޖެޓްވެސް ހުންނަކަމަށާއި މިކަންކަން ހައްލުކޮށް ރައްޔިތުންނާއި ހަމައަށް ފުދުންތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ.
"މަޖިލީހަށް މިނިކުންނަނީ އެހައްގުތައް ތިބޭފުޅުންނަށް ގެއްލިފައިވާތީ އެމަސައްކަތް ކޮށްދީ ރައްޔިތުންނާއި ހަމައަށް އެމަސައްކަތްތައް ގެނެސްދީ އެއަގު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އަދި އެއަޑު އުފުލަންވެސް ކެރޭނެ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މަޖިލީހުގެ އެގޮނޑިއަށް އިރާދަފުޅާއިއެކު އާދެވިއްޖެނަމަ ރައްޔިތުންނަށް އީދުކުޅިވަރު ކުޅުމާއި މިއުޒިކް ކުޅޭ ހުރިހާކުދިންނާއި ބޮޑުބެރުޖަހާ ކުދީންނަށްވެސް މަދަދާއި އެހީތެރިކަން ލިބިގެންދާނެ އަދި މަޖިލީހުގެތެރޭގައި އެމެމްބަރަކު ކުރާމަސައްކަތް މިހާރު ޓީވީންނާއި އެހެން ޒަރިއްޔާއިން ފެންނަމުންއެބަދާކަމަށާއި އެއީ ދޮގުހަދާ އޮޅުވާލެވޭނެ ކަންކަމެއް ނޫންކަމަށެވެ.