twitterviber whatsapp telegramfacebookyoutube instagram
23rd August 2026

406 ވޯޓުން ނަޝީދުގެ މައްޗަށް ޖަމްޝީދު ކުރި ހޯއްދަވައިފި

Apr 6, 2019
1

406 ވޯޓުގެ ތަފާތުން މިދިޔަ 10 އަހަރު ކުޅުދުއްފުށީ ދެކުނު ދާއިރަގެ މެންބަރުކަން ކުރެއްވި މުހައްމަދު ނަޝީދުގެ މައްޗަށް އެމްޑީޕީގެ ކެޑިޑޭޓް ޖަމްޝީދު މުހައްމަދު ކުރި ހޯއްދަވައިފި އެވެ.

އަމިއްލަ ގޮތުން މި އަހަރު އިންތިހާބަށް ނުކުމެވަޑައިގަތް ނަޝީދަށް މި ފަހަރު ލިބިވަޑައިގަތީ ޖުމްލަ 524 ވޯޓެވެ. ގޮނޑި ކާމިޔާބު ކުރެއްވި ޖަމްޝީދަށް ލިބިވަޑައިގަތީ 930 ވޯޓެވެ.

ޖަމްޝީދު ގޮނޑި ކާމިޔާބު ކުރެއްވީ ހަތް ކެންޑިޑޭޓުންނާ ވާދަކޮށެވެ. އެގޮތުން ދެކުނު ދާއިރާއަށް ވޯޓުލުމަށް ބެހެއްޓިފައިވާ 4 ފޮށިވެސް ކާމިޔާބު ކޮށްފައިވަނީ ޖަމްޝީދެވެ. އެއީ ޖުމްލަ 24% އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓެ ޔާސިރު އަބްދުލްލަތީފެވެ. ޔާސިރު މި ގޮނޑި ކާމިޔާބުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ނަސްރުﷲ އިސްމާއިލައާ ވާދަކޮށް 400 ވޯޓުގެ ތަފާތުންނެވެ. ޔާސިރުއަށް ޖުމްލަ ލިބިފައިވަނީ 1369 ވޯޓެވެ. އެއީ 57 ޕަސެންޓެވެ.

ކުޅުދުއްފުށީގެ ދެ ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355