twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުރިއަށްއޮތް މަޖިލީހަށްވެސް އަދި ސިޓީ ކައުންސިލަށްވެސް ކުރިމަތިލާނަން: އަދުރޭ

އަބްދުލް ވާހިދު ޙަސަން
Apr 8, 2019
4

މިއީ އަދި ފެށުމެއް ކަމަށާއި ކުރިއަށްއޮތް ރައްޔިތުން މަޖިލީހަށާއި ކުޅުދުއްފުށީގައި ދެން އުފެދޭ ސިޓީ ކައުންސިލަކަށް ކުރިމަތިލައްވާނެކަމަށް ނިމިދިޔަ މަޖިލިސް އިންތިހާބީގައި ޕީޕީއެމް ޓިކެޓްގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިވަޑައިގެންނެވި، އަބުދުއްރަހުމާނު އިސްމާއިލް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ ކުރިމަތިލެއްވި ދާއިރާއަށް 7 ކެންޑިޑޭޓުން ވާދަކުރެއްވި އޭނާއަށް ލިބިވަޑައިގެންނެވީ 420 ވޯޓެވެ. ވޯޓްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ފަސްޖެހި ގެއަށް ވަޑައިނުގަންނަވާނެ ކަމަށާއި އިންތިހާބުވި ދެ މެމްބަރުން ޒިންމާދާރުކުރުމުގައި ދެމިހުންނާނެ ކަމަށެވެ. ސިއްހީ ނިޒާމާއި އެއާޕޯޓްގެ މަސައްކަތްތައް ދާގޮތް ބަލައި މެމްބަރުންނާ ބައްދަލުކޮށް، އެކަންކަން ކުރަން ބާރުއަޅުއްވާނެކަމަށެވެ.

އަދުރޭ ވިދާޅުވީ އޭނާއަށް އިންތިހާބު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ އަމިއްލަ ކެންޑިޑޭޓަކުން ޕީޕީއެމުގެ ނަމުގައި ކެމްޕެއިން ކުރުމުން ކަމަށެވެ. އެހެންނޫނަމަ ގޮނޑި ކާމިޔާބުކުރެވުނީސްކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުގެ ދެ ބޭފުޅަކު މަޖިލީހަށް އިންތިހާބުވުމުން ވަރަށް އުފާކޮށް ޝުކުރުވެރިވާކަމަށާއި އެފަރާތްތަކުން ޒިންމާދާރުކުރުމުގައި ދެމިހުންނާނެކަމަށް އަދުރޭ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355