އިސްލާމް ދީނުގެ ހައްޤުގައި މަސައްކަތްކޮށް ޤައުމަށް ހިދުމަތްކުރުމުގެ ދެމިހުންނާނެކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
ނިމި ދިޔަ މަޖިލިސް އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި އަނާރާ މިހެން ވިދާޅުވީ އޭނާކުރެއްވި ޓްރީޓެއްގަ އެވެ.
މަކުނުދޫ ދާއިރާއަށް ވާދަކޮށް އަނާރާއަށް ލިބިވަޑައިގެންނެވީ 670 ވޯޓެއްވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީން ވާދަކުރެއްވި މުހައްމަދު ރާއީ އެވެ. ދެވަނަ ހޯދެއްވީ ފީއެންސީގެ ކެންޑިޑޭޓް ޔަޝްފާ އަބުދުލްޢަނީ އެވެ.