twitterviber whatsapp telegramfacebookyoutube instagram
2nd August 2025

އާ މަޖިލިސް ހުވާކުރުން އަންނަ މަހު ފަހުކޮޅު

Apr 8, 2019

އާ މަޖިލީހުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހު ފަހުކޮޅު ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުން ހުވާ ކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އާ މެންބަރުންނާއި އެކު ޖޫން މަހު ކުރީކޮޅު އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މި މަސް ނިމުމާއެކު މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ. އަދި 2014 ގައި ރައްޔިތުން އިންތިޚާބު ކުރި މެމްބަރުންގެ ދައުރު ވެސް ހަމަވީ އެވެ.

ޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް 60 އަށް ވުރެ ގިނަ ގޮނޑި ލިބެ އެވެ. ޖުމްހޫރީ ޕާޓީ އަށް ހަތް ގޮނޑި ލިބުނު އިރު އިދިކޮޅު ޕީޕީއެމް އަށް ހަތަރު ގޮނޑި ކޮންގްރެސް ޕާޓީ އަށް އެއް ގޮނޑި ލިބެ އެވެ. އެމްޑީއޭ އަށް ދެ ގޮނޑި ލިބޭ އިރު މިނިވަން ކެންޑިޑޭޓުންނަށް ލިބެނީ ހަ ގޮނޑި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355