twitterviber whatsapp telegramfacebookyoutube instagram
17th June 2019

ވާވޭ ޕީ30 ބެހޭގޮތުން އެނގެން ބޭނުމީ ކޯއްޗެއް؟

Apr 8, 2019

ވާވޭ އިން މިދިޔަ މަހު ލޯންޗު ކުރި އެންމެ ފަހުގެ ވާވޭ30 ގެ ފޯނަކީ ފަހުގެ ސްމާޓް ފޯނުތަކުގެ ތެރެއިން ހޮވާލެވޭނެ ފޯނެކެވެ. އެ ކުންފުނިން މިދިޔަ އަހަރު ނެރުނު ވާވެ ޕީ20 އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެފޯނުން އެކުންފުންޏަށް ބޮޑު ފައިދާއެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ވާވޭގެ މިފޯނުން ވެސް ފާހަގަކޮށްލެވެނީ ކެމެރާއެެވެ. މިފޯން ބަރުދަނަކީ އެންމެ 192 ގްރާމެވެ. ޑިސްޕްލޭގެ ދިގުމިނަކީ 6.47 އިންޗި އެވެ. ފޯނުގެ ފަހަތާ ކުރިމަތީގައި ބިއްލޫރި އިންނަ އިރު ފޯނުގެ ފްރޭމް ލައްވާފައިވަނީ އެލުމިނިއަމްއިންނެވެ.

ފޯނުގެ 6 ޖީބީ ރެމްއާއިއެކު ސްޓޯރޭޖް އިންނަނީ 128 ޖީބީއެވެ. އަދި 8 ޖީބީގެ ރެމް އިންނަ ފޯނުގައި ސްޓޯރޭޖް ގައި 512/256/128 ޖީބީ އިދެއެވެ. އަދި ކާޑު ލައްވާ ނަމަ އެންމެ ބޮޑުކޮށް 256 ޖީބީގެ ކާޑެއް ލެއްވޭނެއެވެ.

ފޯނުގެ ބެޓްރީގައި 4200mAH އިންނަ އިރު ފާސްޓް ޗަރޖުގައި 70 ޕަސެންޓް ޗާރޖު 30 މިނެޓުއިރު ތެރޭވާނެ އެވެ. މި ފޯނުގައި
ވަޔަލެސް ޗާޖިންވެސް އިނދެއެވެ.

3 ކެމެރާ އިންނަ މި ފޯނުގައި މައި ކެމެރާގައި 40 މެގަޕިކްސެލް، ދެވަނަ ކެމެރާގައި 20 މެގަޕިކްސެލް އިދެއެވެ. ދެން އިންނަނީ 3ޑީ ކެމެރާއެކެެވެ. ސެލްފީ ކެމެރާގައި 32 މެގަޕިކްސަލް އިންނަ އިރު މެއިން ކެމެރާއާއި އެއްކޮށް ސެލްފީ ކެމެރާއިންވެސް ވައިޑްކޮށް ޕޮޓޯ ނެގެން އިނދެއެވެ.

މީގެ އިތުރުން ކެމެރާތައް ވަރަށް ބޮޑަށް ޒޫމްވެސް ކުރެވޭއިރު ނައިޓް މޯޑްގެ ފޮޓޯތައް ވެސް ވަރަށް ސަޅިކޮށް ނަގާލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355