twitterviber whatsapp telegramfacebookyoutube instagram
19th May 2024

ރާއްޖޭން ބޭރު މީހުންނަށް ބިން މިލްކުކުރެވޭ އިސްލާހު ބާތިލް ކުރުމަށް އެޖެންޑާ ކޮށްފި

Apr 9, 2019

ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމައި، އަންނަ ހަފްތާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ރާއްޖޭން ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް އިސްލާހު ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ކުރިން ބުނެފައި އޮންނަނީ "ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ،" މިހެންނެވެ.

ނަމަވެސް ޔާމީން ސަރުކާރުގައި ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ބާބު ގާނޫނުއަސާސީއަށް ލާން، އޭރު 251 ވަނަ މާއްދާ އިސްލާހުކުރީ ގާނޫނުއަސާސީގެ 302 މާއްދާގައި ބަޔާންކޮށްފައި ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށް ވެސް ދެވޭނީ، އެންމެ ދިގުވެގެން ނުވަދިހަ ނުވަ އަހަރަށް ކަމަށެވެ.

އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ވެސް ވޯޓާ އެކު، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް (ހ) އަށް ގެނައި މި އިސްލާހު އުވައިލަން މިދިއަ އަހަރުގެ ނޮވެމްބަރުގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވާ ބާބު ގާނޫނުއަސާސީގައި ހިމެނީ 302 ވަނަ މާއްދާ އިން 309 ވަނަ މާއްދާއަށެވެ. އެކަމަކު ގާނޫނުއަސާސީގެ 251 ވަނަ މާއްދާ ކުރީގެ އޮތް ގޮތަށް އިސްލާހުކޮށްފި ނަމަ، މި ބާބުގެ ހުރިހާ މާއްދާއެއް އުވޭނެ ކަމަށް ބެލެވެ އެވެ.

ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355