twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބީއެމްއެލް މިދިޔަ އަހަރުގެ ފައިދާ 1.6 ބިލިއަނަށް

Apr 11, 2019
1

ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުގެ މިދިޔަ އަހަރު އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

މިއަދު އާންމު ކުރި މި ރިޕޯޓުން ދައްކާ ގޮތުގައި މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 13 ޕަސެންޓުގެ ކުރިއެރުމެކެވެ. 1.6 ބިލިއަން ރުފިޔާއަކީ ޓެކްސާއި އެކު ލިބުނު ފައިދާއެވެ. ވޭތުވެދިޔަ ތިން އަހަރު ބީއެމްއެލް އަށް ވަނީ ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ފައިދާ ވެސް އެއް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފަ އެވެ.

ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ލިބުމާއި ލޯނު ދޫކުރި ނިސްބަތް މިދިޔަ އަހަރު އިތުރުވުމެވެ. އެ ރިޕޯޓްގައިވާ ގޮތުން އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް މިދިޔަ އަހަރު ވަނީ 4.1 ޕަސެންޓުން 3.5 ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ޜޭޝިއޯ ވަނީ ގާނޫނު ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންގަނޑެއްގައި ހިިފެހެއްޓިފަ އެވެ.

އެ ކުންފުނިން "އަހަރެންގެ ބޭންކް" ނަމުގައި ހިންގި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތައުލީމާއި ކުޅިވަރާއި ތިމާވެށީގެ ހަރަކާތްތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ހަރަކާތްތައް ހިމެނޭ ގޮތަށް، 110 ހަރަކާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ބީއެމްއެލް އަށް ލިބުނު ފައިދާއަށް ބަލައި، އެ ކުންފުނީގެ ބޯޑުން ވަނީ ފައިދާގެ ތެރެއިން 129 މިލިއަން ރުފިޔާ ބަހަން އާންމު ޖަލްސާއަށް ހުށަހަޅައިފަ އެވެ. އެއީ ކޮންމެ ހިއްސާއަކަށް 24 ރުފިޔާގެ މަގުންނެވެ.

އެ ބޭންކުން ވަނީ އާ ހަތަރު ބްރާންޗަކާއި ފަސް ސެލްފް ސާވިސް ބޭންކް ސެންޓަރެއް އަތޮޅު ތެރޭގައި ގާއިމްކޮށް، ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ. އަދި ކޭޝް އޭޖެންޓުންގެ އަދަދު 277 އަށް ވަނީ އިތުރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355