twitterviber whatsapp telegramfacebookyoutube instagram
21st June 2026

ރޯދަމަހު ކެފޭ، ރެސްޓޯރެންޓްތައް ހުޅުވިފައި ހުންނާނެ ގަޑިތައް ކަނޑައަޅައިފި

އިބްރާހިމް ހަމީދު
Apr 14, 2019

ކުރިއަށް އޮތް ރަމަޟާންމަހު ކެއީންބުއީމުގެ ހިދުމަތްދޭ ތަންތަން ހުޅުވިފައި ހުންނާނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެގޮތުން އެމިންސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ރަމަޟާންމަހުގެ ރޭތަކާއި ސައްވާލުމަހުގެ ފުރަތަމަ ހަތްދުވަހުގެ ރޭތަކުގައި ކެއިންބުއިމުގެ ހިދުމަތްދޭ ސައިހޮޓާ ރެސްޓޯރަންޓް އަދި ކެންޓީނުފަދަ ތަންތަނުން ކޮންމެދުވަހެއްގެ އިރުއޮއްސުމުންފެށިގެން މެންދަމު ތިނެއް ޖެހުމާއި ހަމައަށް އެތަންތަން ހުޅުވިފައި ބެހެއްޓޭނެ ކަމަށެވެ.

އިއުލާނުގައި ބުނެފައިވާގޮތުން ރާއްޖޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ރޯދަމަޙާއި ހަރޯދަތެރޭގައި ކެއީން ބުއީމުގެ ހިދުމަތްދޭ ހުރިހާ ތަނެއްގައިވެސް އަމަލު ކުރަންޖެހޭނީ މިއުސޫލަށެވެ. މިއަހަރު ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން މިއަންނަ މެއިމަހުގެ ހަވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355