twitterviber whatsapp telegramfacebookyoutube instagram
5th June 2025

"ދޭ ދޭ ޕިޔާރު ދޭ" އަކީ ހަމައެކަނި ރޮމޭންޓިކް ކޮމެޑީއެއް ނޫން

ޚަދީޖާ އާދަމް
Apr 14, 2019
1

އަންނަ މަހު 17 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ދޭ ދޭ ޕިޔާރު ދޭ އަކީ ހަމައެކަނި ރޮމޭންޓިކް ކޮމެޑީއެއް ނޫން ކަމަށާއި މި ފިލްމުގައި ރިލޭޝަންޝިޕްސް ނުވަތަ އިންސާނުންގެ ފިތުރަތަށް ވަރަށް ބޮޑަށް ފޯކަސްކޮށް ގެނެސްދީފައިވާ ފިލްމެއް ކަމަށް ފިލްމުގެ ލީޑް އެއް ތަރި ތާބޫ ބުނެފި އެވެ.

ތާބޫ ބުނީ މިއީ މަޖާ ފިލްމެއް ނަމަވެސް މިއީ އެހެން ކޮމެޑީތަކާއި ހިލާފަތް އިންސާނުންގެ ދެމެދުގައި އޮންނަ ގުޅުންތަކާއި، ޖެހޭ މަައްސަލަތައް ވަރަށް ސީރިއަސްކޮށް ދައްކައިދޭނެ ފިލްމެއް ކަމަށެވެ.

ޓީ-ސީރީޒް އާއި ލަވް ފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގައި ފެނިގެން ދާނީ ކުރިން ކައިވެންޏެއްކޮށް ވަރިވެފައިވާ ފިރިހެނަކާއި ޒުވާން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ފިރިހެން މީހާގެ އާއިލާއާ ޖެހޭ މައްސަލަތަކެކެވެ.

އަޖޭ ދޭވްގަން، ތާބޫ އަދި ރަކުލް ޕްރީތް ސިންގ ފެނިގެންދާ މި ފިލްމަކީ އަވިކް އަލީ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355