twitterviber whatsapp telegramfacebookyoutube instagram
23rd September 2026

އަތޮޅު ޤުރުއާން މުބާރާތުގައި މިއަހަރުވެސް ބައިވެރިވީ 11 ރަށުން

އަބްދުލް ވާހިދު ޙަސަން
Apr 15, 2019

ހދ އަތޮޅު ޤުރުއާން މުބާރާތުގައި މިއަހަރުވެސް ބައިވެރިވީ 11 ރަށަކުންނެވެ. އަތޮޅުގައި 13 ރަށުގައި މީހުން ދިރިއުޅޭއިރު އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް ޤުރުއާން މުބާރާތުގައި ވާދަކުރަނީ 11 ރަށުންނެވެ.

މިމަހު 18 ވަނަ ދުވަހު ނެއްލައިދޫގައި ބާއްވަން ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ނައިވާދޫ، ހަނިމާދޫ، ނޮޅިވަރަންފަރު، ނެއްކައިދޫ، ނޮޅިވަރަމް، ކުރިނބީ، ކުޅުދުއްފުށި، ކުމުންދޫ، ނޭކުރަންދޫ، ވައިކަރަދޫ އަދި މަކުނުދޫ އެވެ.

މިއަހަރުވެސް މި މުބާރާތުގައި ބައިވެރިނުވަނީ ހިރިމަރަދޫ އާއި ފިނޭ އިންނެވެ. މުބާރާތުގައި 11 ރަށުން 132 ދަރިވަރަކު ވާދަކުރާނެ އެވެ.

މިއަހަރުގެ މުބާރާތްވެސް ނެއްލައިދޫގައި ބާއްވާއިރު 2016 އަދި 2017 ވަނަ އަހަރުވެސް މުބާރާތް ހޯސްޓްކޮށްފައިވަނީ ނެއްލައިދޫންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293