twitterviber whatsapp telegramfacebookyoutube instagram
20th February 2026

ވިޔަފާރި އުސޫލުން ރަށްވެހިގެ ގޯތި ތެރެއިން ބިންކުއްޔަށް ދޫކުރަނީ

އިބްރާހިމް ހަމީދު
Apr 16, 2019

ހދ އަތޮޅު ރަށްވެހިގެ ގޯތިތެރެއިން ހުސްބިން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރަން އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ހދ އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ރައްވެހިގެ ގޯތި ތެރެއިން ދެހާސް ސާޅީސް ހަތް އަކަފޫޓްގެ ހަތަރު ހުސްބިން އަމިއްލަ ވިޔަފާރި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށެވެ.

ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަހަރުގެ އޭޕްރީލްމަހު ސައުވީސް ވާ ބުދަދުވަހު11:00 ގެކުރީން އަތޮޅު ކައުންސިލް އިދާރާއިން މަޢުލޫމާތު ހޯދުމަށްފަހު މިއަހަރުގެ މެއި މަހުގެ ދެއެއްވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރީން އެއިދާރާއަށް ބީލަން ހުށައެޅުމަށާއި އަދި ގަޑިޖެހިގެން ހުށައަޅާބީލަންތަކާއި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެކަމަށެވެ.

އިތުރަށް އިއުލާނުގައި ބުނެފައިވަނީ މިބީލަން ހުޅުވާލެވިފައިވަނީ ހަމައެކަނި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ( ގާނޫނޫ ނަމްބަރ 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި ހދ އަތޮޅުގެ ރަށު ކައުންސިލްގެ އިދާރާތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355