twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ނަބީލާ އިސްމާޢީލް
Apr 17, 2019

ކޮންމެ އަހަރަކު ދިރާގުގެ މުވައްޒަފުންނަށް ބާއްވަމުން އަންނަ އެ ކުންފުނީގެ 30 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ރޭ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ބާއްވައިފިއެވެ. މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިރާގު އިނާމު ދިނުމުގެ ޖަލްސާ މެދުނުކެނޑި ބާއްވާތާ މިއީ 30 ވަނަ އަހަރެވެ.

މި ހަފްލާގެ އެންމެ ޝަރަފްވެރި އިނާމުކަމަށްވާ ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ އެސިސްޓެންޓް މެނޭޖަރ ލީގަލް އެންޑް ރެގިއުލޭޓަރީ ފާތިމަތް ޝޫޒީއެވެ. މީގެ އިތުރުން މި ހަފްލާގައި ލޮންގްސަރވިސް އެވޯޑް، އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް, އަދި ސްޕެޝަލް މެރިޓް އެވޯޑް ތަފާތު 78 މުވައްޒަފަކަށް ވަނީ ދީފައިވެއެވެ.

އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް ކާމިޔާބު ކުރައްވާފައިވަނީ މެނޭޖަރ ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޝަފީއު އަދި ޕްރޮޑަކްޓް މެނޭޖަރ މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝާނެވެ.

ދިރާގުން ބުނީ އިނާމު ދިނުމުގެ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ.

މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރާކަމަށާއި ދިރާގު އެނުއަލް އެވޯޑްސް އަކީ މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތްކަމަށް ދިރާގުން މައުލޫމާތު ދެއެެވެ.

ދިރާގުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންކަން ފާހަގަަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355