twitterviber whatsapp telegramfacebookyoutube instagram
23rd October 2025

ރޯދައަށް މޯލްޑިވިއަން ޓިކެޓް އަގު ހެޔޮކޮށްފި

Apr 17, 2019

މޯލްޑިވިއަނުން ރޯދައަށް އެތެރޭގެ އުދުހުން ތަކުގެ އަގުތައް ހެޔޮކޮށްފި އެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ މޯލްޑިވިއަނުން ވަނީ ރޯދަ މަހަށް އެ އެއާލައިން ދަތުރުކުރާ ރާއްޖޭގެ 10 މަންޒިލަށް ހާއްސަ އަގުތަކެއް ކަނޑައަޅާފަ އެވެ.

މި ބަދަލާއެކު މޯލްޑިވިއަންއިން ދެކޮޅަށް ޓިކެޓް ލިބޭނެ އެންމެ ހެޔޮ އަގުތަކަކީ:

ދަރަވަންދޫ: 999 ރުފިޔާ
ކުޑަހުވަދޫ: 1،388 ރުފިޔާ
އިފުރު: 1،388 ރުފިޔާ
ހަނިމާދޫ: 1،477 ރުފިޔާ
ތިމަރަފުށި: 1،477 ރުފިޔާ
ކައްދޫ/ ކޫއްޑޫ/ ކާޑެއްދޫ: 1،515 ރުފިޔާ
ގަން: 1،544 ރުފިޔާ
ފުވައްމުލަކު: 1،544 ރުފިޔާ

ރޯދައަށް މޯލްޑިވިއަން ގެ އަގުތައް ހެޔޮކޮށްފައިވާއިރު މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގުތައް ވަނީ މިއަހަރުގެ ޖެނުއަރީ 10 ފެށިގެން ކުޑަކޮށްފަ އެވެ. އެ ބަދަލާއި އެކު ހުރިހާ މަންޒިލެއްގެ ޓިކެޓް ވެސް 25-30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮވި އެވެ.

މީގެ އިތުރުން ރޯދަމަހާ ދިމާކޮށް މޯލްޑިއަންއިން ވަނީ މާލެ ޓްރިވެންޑްރަމް ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމާފަ އެވެ. މި ޕްރޮމޯޝަންގެ ތެރެއިން މާލެ ޓްރެވެންޑްރަމް ދެކޮޅު ޓިކެޓް 196 ޑޮލަރަށް ލިބިގެން ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355