twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހުރިހާ ފަރާތްތަކުން ޤުރުއާން މުބާރާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލަން

އަބްދުލް ވާހިދު ޙަސަން
Apr 18, 2019

ޤުރުއާން މުބާރާތްތަކަށް ހުރިހާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ގޮވާލައްވައިފި އެވެ.

ހދ އަތޮޅު ޤުރުއާން މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ނެއްލައިދޫގައި ބޭއްވި ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ ޤުރުއާން މުބާރާތްތަކަށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކައުންސިލްތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމަކުން ނުފުދޭ ކަމަށާއި ކާމިޔާބު ހޯދަން މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. މުބާރާތްތަކުގައި ބައެއް ރަށްތަކުން ތަކުރާރުކޮށް ރަންވަނަތައް ހޯދަމުންދާތަން ފެންނަމުންދާތީ އުފާކުރާ ހުސެއިން ވިދާޅުވި އެވެ. އޭނާ ފާހަގަކުރައްވާގޮތުގައި އެފަދަ ކާމިޔާބީތައް ލިބިގެންދަނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ކުރާ ބުރަ މަސައްކަތްތަކެއް ނަތީޖާ ކަމަށެވެ. ފެންވަރު ރަނގަޅު ޤާރީން ގެނެސް، ދަރިވަރުންނަށް ތަމްރީން ދީގެން ނޫނީ މި ބޭނުންވާ ކާމިޔާބު ހާސިލުނުކުރެވޭނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.

"ހަމަ ޔަގީންވެސް އަތޮޅު ކައުންސިލުން ކުރިއަށްއޮތްތަނުގައިވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރާނަން. މިހާރުވެސް މިދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. އަދި ވަރަށް ބޮޑު ހަރަދުތަކެއް ކުރަމުން މިދަނީ ހދ އަތޮޅުގެ ދަރިންގެ މެދުގައި ކީރިތި ޤުރާއާންއަށް އަހުލުވެރިކުރުވާއި ތަޖުވީދުގެ މަގަށް ކިޔަވަން ދަސްކޮށްދިނުމަށްޓަކާ". އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅު ކައުންސިލުން ޤުރުއާން މުބާރާތްތަށް ބޮޑު ހޭދަތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ފަސް މިނެޓް ކިޔެވުމަށްޓަކާ 1742.42 ރުފިޔާ ހަރަދުކުރާ ކަމަށެވެ. މިކުރާ މަސައްކަތުގައި ނަތީޖާ ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މިކުރާ މަސައްކަތުގެ ފޮނިމީރުކަމެއް އެބަޖެހެޔޭ ހޯދަން. އަތޮޅު ލެވެލްގައި ޤައުމީ ލެވަލަށް އެބަޖެހެޔޭ ދާން. ޤައުމީ މުބާރާތްތަކުން ހދ އަތޮޅު އެބަޖެހޭ ރަންވަނަތައް ހޯދަން." ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355