ޑޮކްޓަރުންގެ ދުވަސް މިއަހަރު ފާހަގަ ކުރުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ހުރިހާ ޑޮކްޓަރުން އެއް ވިއުގައެއްތެރޭ ގުޅާލަދީ އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ ހާއްސަ ޕްލޭނެއް އުރީދޫ އިން މިއަދު ތައާރަފްކޮށްފިއެވެ.
މި ޕްލޭން މެދުވެރިކޮށް ޓްވިޓަރ އާއި ވައިބާ ހިލޭ ބޭނުންކޮށް އާންމުކޮށް ބޭނުން ކުރަންޖެހޭ މެޑިކަލް ވެބްސައިޓުތައް ބޭނުންކުރުމަށް ހާއްސަ ޑޭޓާ އެލަވަންސްތަކެއްވެސް ހިމެނޭނެ ކަމަށް އޫރިދޫއިން ބުނެއެވެ.
މި ދާއިރާއަށް ހިދުމަތް ކޮށްދިނުމުގައި ގިނަ ވަގުތު ހޭދަކުރައްވާ ޑޮކްޓަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ މި ޕެކޭޖު ތައާރަފްކޮށްފައިވަނީ އުރީދޫ ހެޑްކުއާޓަރސްގައި މިއަދު ބޭއްވުނު ހަފްލާއެއްގައި ޑޮކްޓަރސް އެސޯސިއޭޝަންގެ ރައީސް ޑރ. އަލީ ޝާހިދު މުހައްމަދު އަދި އުރީދޫ މޯލްޑިވްސްގެ ސީ.އެފް.އޯ ތަވަބަލަން ޕޫބަލަސިންގަމް އެވެ.
އޫރިދޫ ގެ ސީއީއޯ ނަޖީބް ހާން ހާމަކުރިގޮތުގައި ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި ރާއްޖޭގެ ޑޮކްޓަރުން ދެވަނައެއްނެތް ދައުރެއް އަދާކުރެއެވެ. މި ގައުމުގެ އެކިކަންކޮޅުތަކުގައި ބުރަކޮށް މަސައްކަތްކުރަމުންދާ އެންމެހާ ޑޮކްޓަރުންނަށް މުޅި އުރީދޫ ޓީމުގެ ފަރާތުން ޑޮކްޓަރުނގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރާކަމަށެވެ. އަދުގެ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ޑޮކްޓަރުންގެ މުހިންމު މަސައްކަތައް ތަފާތު ގޮތްތަކުން އެއްބާރުލުންދީ އެބޭފުޅުންގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި ފަސޭހައިން ގުޅުވާލަދޭ ކަމަށެވެ. މިގޮތުން، ޑޮކްޓަރުންގެ ދައުރު އަގުވަޒަންކުރާ މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ދިވެހިރާއްޖޭގެ ޑޮކްޓަރުންނަށް ހާއްސަ ޕްލޭނެއް ތައާރަފްކުރުމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައެވެ.
އުރީދޫ ޑޮކްޓަރުންގެ ޕްލޭން ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ ޑޮކްޓަރުންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ހިޔާރުކުރުމާއި އެކު ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ ޑޮކްޓަރުންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދާނެކަމަށް އޫރިދޫއިން ހާމަކުރެއެވެ.
ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުން އެއް ވިއުގައެއްގެ ތެރޭގައި ގުޅާލަދިނުމުގެ އިތުރުން، މި ޕްލޭންގައި ހިމެނޭ މުހިންމު ހިދުމަތްތަކުގެ ތެރޭގައި އޫރިދޫ ކްލަބު ޕުރިމިއަރގެ ފައިދާތައް ލިބިގެން ދިއުން، ރާއްޖޭގެ އެންމެ ހަލުވި 4ޖީ+ ނެޓްވަރކު މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބުން، ވައިބާ އަދި ޓްވިޓަރ ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކޮޗްރޭން ހީނަރީ ފަދަ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރުމަށް ހާއްސަ ޑޭޓާ އެލަވަންސެއް ލިބެއެވެ.
އުރީދޫގެ ޑޮކްޓަރުންގެ ޕްލޭން 1 މޭ އިން ފެށިގެން ރާއްޖޭގެ އެންމެހާ ޑޮކްޓަރުންނަށްވެސް ހިޔާރުކުރެވޭނެއެވެ. އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ދިވެހި މުޖުތަމައުތަކަށް ބޭނުންތެރި އަދި އެބޭފުޅުންގެ ހަޔާތައް އިތުރު ފައިދާތަކާއި މަންފާ ފޯރުކޮށްދޭނެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދީ ޑިޖިޓަލް މޯލްޑިވްސް ނުވަތަ ސުމޭކީ ދިވެހިރާއްޖެއަކަށް އެއްބާރުލުންދިނުމަށެވެ.